ނުކުޅެންދުންތެރިކަން ހުންނަ ފިރެހެނަކަށް ޖިއްސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 57 އަަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި!

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްަޔަރުކުރި މީ...

14 Sep 2024 | 13:04

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްަޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ގއ،ގދ، ޏ، ސ ހިމެނޭ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ކަމަށެވެ. މި މަިއްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި އަަހަރުގެ އޭޕްރިލް މަހުގެ14 ވަނަ ދުވަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުންެ މި މަހު11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޖިންސީ އަނިޔާ ލިބުނު ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވުމުން، ޤާނޫނުގައިވާ ގޮތުގައި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތައް ފުލުހުން ތަހުގީގު ކުރަނީ ސީރިއަސް މައްސަލަތަކެއްެ ގޮތުގައެވެ. އެހެެން ކަމުން މިފަދަ މައްސަލަ ތަކުގައި ހިމެނޭ ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް