ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 50ރ އިން މައްޗަށް !

ބާޒާރުގައި ފިޔާ ލިބުން ދަތިވެ ފިޔާ ކިލޯއެއްގގެ އަގު50ރ އިން މައްޗަށް އަރައިގެން ގޮސްފިއެވެ. މިއަދު ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު600ރ އާއި750ރ އާއި ދެމެދުގެ އަގުތަކުގައި ލިބެން ހުރި އިރު، ހޯލްސޭލްކ...

14 Sep 2024 | 08:55

ބާޒާރުގައި ފިޔާ ލިބުން ދަތިވެ ފިޔާ ކިލޯއެއްގގެ އަގު50ރ އިން މައްޗަށް އަރައިގެން ގޮސްފިއެވެ.

މިއަދު ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު600ރ އާއި750ރ އާއި ދެމެދުގެ އަގުތަކުގައި ލިބެން ހުރި އިރު، ހޯލްސޭލްކުރާ ބައެއް ވިޔަފާރިވެރިން ފިޔާ ބަސްތާއެއް ވިއްކަނީ800ރ އާއި1000ރ އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އާއްމު ގޮތެއްގައި300-400ރ އާއި ދެމެދުގެ އަގެއްގައި ފިޔާ ބަސްތާ ލިބެން ހުރެއެވެ.

ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު45ރ އާއި50 ރ އާއި ދެމެދުގެ އަގެއްގައި އުޅޭއިރު، އެމްޕީއެލްއިން މިއަދު ބުނީ މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެން ފަށާނެ ކަމަށެވެ. އެމްޕީއެލްއިން ބުނިގޮތުގައި މިއަދު6280 ބަސްތާ ފިޔާ މާކެޓަށް ނެރޭނެއެވެ. އަދި މާދަމާ އިންޑިއާއިން މާލެއަށް ބޯޓެއް ވަންނާނެ ކަމަށާއި އެއިން ވެސް3،300 ބަސްތާ ފިޔާ ގެންނާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް