ރޭގައި މާލޭ ގެސްޓް ހައުސްއަކުން ވަގަށްނެގި ފޯނެއް ވިއްކާލާފައިވަނިކޮށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ފޯނު ހޯދައި އެ ފޯނު ވަގަށްނެގި މީހާ ހައްޔަރުކޮށްފިއެވެ.
އެގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން މިއަދު ވިދާޅުވީ ރޭ އިރު އޮއްސި 06:30 ހާއިރު ރަށްފުސްގޯޅި ފިއުޒަން މާޓު ކައިރީގައި ފުލުހުންގެ ބީޓެއް ހަރަކާތްތެރިވަމުންދަނިކޮށް ބިދޭސީ ފިރިހެނަކު އޭނާ ދިރިއުޅޭ ގެސްޓްހައުސްގައި ނިދާފައި އޮއްވާ ފޯނެއް ގެއްލިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.
"ގެސްޓްހައުސްގައި އިން ސީސީޓީވީ ކެމެރާގެ ފުޓޭޖް ބަލާ، މީހާ އައިޑެންޓިފައި ކުރުމަށްފަހު ރޭ 09:00 ހާއިރު އޯކިޑްމަގު ފަތަހަ ސްޓާ ކައިރިން، ފޯނު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހުއްޓުވައި ސުވާލުކުރުމުން ނޯތު ހާބަރުގައި އޮތް ސްޕީޑް ބޯޓެއްގައި އިން ބިދޭސީއަކަށް ފޯނު ވިއްކާލި ކަމަށް ބުނެފައިވޭ، އަދި ވިއްކާލި މީހާ އަތުން ފޯނު ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ތ. ގުރައިދޫ، ޒަމީން، އުމުރުން 26 އަހަރުގެ މުހައްމަދު ވިޝާމް ހައްޔަރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް