ސައިކަލެއްގެ މަޑިދަށުގައި ހުރި ހަތަރު ލައްކައަށް ވުރެން ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައިގެ ތުހުމަތުކޮށް ހައްޔަރުކުރެވުނީ ބަގްލަދޭޝްއަށް ނިސްބަތްވާ އުމުރުން45 އަހަރުގެ ޖަހަންގިރި ކިޔާ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ކޯޓަށް ބަންދު މަޖިލީހުގައި ދިން މައުލޫމާތުގައިވާ ގޮތުން، ސައިކަލުގެ މަޑިދަށުން ވަގަށް ނަގާފައިވަނީ442،750 ރުފިޔާއެވެ.
މި ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ކަމާ ގުޅުން ހުރި ހެކި ތައް ކޯޓަށް ހުށަހަޅާފައެވެ. އޭގެތެރޭގައި ސީސީޓީވީ ފުޓޭޖްއާއި ވެރިފަރާތުގެ ބަޔާނެއް ހިމެނެއެވެ.
މި މައްސަލައާއި ގުޅުން ހުރި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް