މިއަދުން ފެށިގެން ބާޒާރުގައި ފިޔާ ތިޔާގިވާނެކަމުގެ އުފާވެރި ޚަބަރު އެމްޕީއެލްގެ ސީއީއޯ ދެއްވައިފި

ބާޒާރުގައި ފިޔާ ތިޔާގިވާނެ ކަމުގެ އުފާވެރި ޚަބަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ދެއްވައިފިއެވެ. ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވ...

14 Sep 2024 | 08:06

ބާޒާރުގައި ފިޔާ ތިޔާގިވާނެ ކަމުގެ އުފާވެރި ޚަބަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ދެއްވައިފިއެވެ.

ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދުވަސް ކޮޅު މާލޭ މާކެޓުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ، އިންޑިޔާ އަށް މޫސުމް ގޯސް ވުމުގެ ސަބަބުން ފިޔާ ދަޑުތަކަށް ލިބުނު ގެއްލުން ތަކާ އެކު، އިންޑިޔާއިން ފިޔާ އެކުސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީ  ކުރިމަތިވި ކަމެއް ކަމަށް މައުލޫމާތު ލިބޭކަމަށާއި މި ޝޯޓޭޖް އުޅެނީ ހަމަ އެކަނި ދިވެހި ރާއްޖެ އަކަށް އެކަންޏެއް ނޫން ކަމަށެވެ. އަދި އަވަށްޓެރި ސްރީލަންކާ އަށް ވެސް އިންޑިޔާއިން ފިޔާ  އިމްޕޯޓު ކުރުމުގައި ދަތި ތަކެއް ކުރިމަތިވި ކަމަށް ޚަބަރު ލިބޭކަމަށެވެ.

" މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން އެބަ ގެންދޭ، އެގޮތުން  އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ (ބޯޓުން) އިން  2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން   3300  ބަސްތާ، ޖުމުލަ 6280  ބަސްތާ  ފިޔާ މިއަދު މާލޭ  މާކެޓަށް ނެރެމުން އެބަ ގެންދޭ، މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3300 ބަސްތާ ފިޔާ، މާލޭ  މާކެޓަށް ނެރޭނެ" ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވެފައިވަނީ  މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖެނަލް ޕޯޓަށް  ދިޔަ  ކާގޯ ބޯޓުން ވެސް ވަނީ އައްޑޫ ސިޓީ ގެ މާކެޓަށް  1180 ބަސްތާ ފިޔާ  ނެރެފައިވާކަމަށާއި އިންޑިޔާގެ މޫސުމް ގޯސްވާ ބައެއްފަހަރު، ދަޑުތަކަށް ލިބޭ ގެއްލުން ތަކުގެ ސަބަބުން،  މާކެޓަށް ނެރޭ ފިޔާ މަދުވުމަކީ، ދޭތެރެ ދޭތެރެ އިން ހިގަމުން އަންނަ ކަމެއް ކަމަށެވެ. އަދި ފިޔާ  ޝޯޓުވުމުން މާކެޓުގައި އަގު މައްޗަށް ދިއުމަކީ އަބަދުވެސް ހިގަމުން އަންނަ ކަމެއްކަމަށެވެ.

https://www.facebook.com/mohamed.wajeeh.9/posts/pfbid0cDmJBidi6kSgj87pcyXT9MdUrg738Qi436aEHyZVUFojyY3gzeH5UQYf6782x3Aml

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް