ފުވައްމުލައް ސިޓީގައި ބިއްލޫރި ޕެލެޓެއް ކަނޑަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 09:32 ހާއިރު ފުވައްމުލައް ސިޓީގައި އޮތް ދޯންޏަކުން އަންލޯޑް ކުރަން އުޅުނު ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުނު ދެ ބިދޭސީއަކާއި ދެ ދިވެއްސަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި އަނިޔާވި ހަތަރު މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
ދުވަހަށް އެނގިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދުގައި އޮތް މުދާ އުފުލާ ދޯންޏަކުން ބިއްލޫރި ޕަލެޓެއް އަންލޯޑް ކުރަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައިނުވާތީ، އަނިޔާ ލިބުނު ފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ނަމަވެސް އެ ރަށުން ފުވައްމުލައް ސިޓީއިން ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ ދޯނިން ބިއްލޫރި ޕަލެޓު އަންލޯޑު ކުރަން ޕަލެޓް ކަނޑާލި ވަގުތު ދޯނި އަރި އަޅާލައި ބިއްލޫރިތައް ބައެއްގެ ގައި މައްޗަށް ވެއްޓި ހިނގި އެ ހާދިސާގައި އަނިޔާ ލިބުނީ ދިވެއްސަކާއި ދެ ބިދޭސީއަކަށް ކަމަށެވެ. އަދި ބިދޭސީ އެކެއްގެ ފައި އެކުގައިހެން ޗިސްވެފައިވާކަމަށެވެ.
"ބޮޑަށް އަނިޔާވި ބިދޭސީ މީހާއަކީ ބިއްލޫރި ޕަލެޓުގެ ވެރިމީހާގެ މުވައްޒަފެއް، ފައި އޮތީ ހަމަ އެކުގައިހެން ޗިސްވެފައި، ދިވެއްސަކީ އެ ބިއްލޫރި ޕަލެޓުގެ ވެރިމީހާ، އެ ދިވެހި މީހާއާއި އަނެއް ބިދޭސީއަށްވެސް އެކި ވަރުގެ އަނިޔާ ލިބިފަ ހުރީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް