ރައީސް މުއިއްޒު ރައްޔިތުން ހެއްވާލާނެ ކަމުގެ ޔަގީންކަން އަރުވަން: ޝުޖާއު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވީރާނާ ކޮށްލާފައިވާ އިގްތިސާދު މި ސަރުކާރުން ކޮޅަށް ޖައްސަވާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ސުޖާއު ވިދާޅުވީ، މިހާރު ފެނިގެން މިދަނީ ...

13 Sep 2024 | 19:06

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވީރާނާ ކޮށްލާފައިވާ އިގްތިސާދު މި ސަރުކާރުން ކޮޅަށް ޖައްސަވާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު ވިދާޅުވީ، މިހާރު ފެނިގެން މިދަނީ އެކަމުގެ އަލި ގަދަ ހެކި ކަމަށެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާއަށް ދިވެހި ރުފިިޔާއިން ފައިސާ ދެއްކޭނެ ކަން ސުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދިވެހި ވިޔަފާރީ ވެރިންނަަށް ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށެވެ. ދެޤައުމުގެ ރައްޔިތުންނަށް ދެ ޤައުމަށް ދަތުރުކޮށް ޔޫއެސް ޑޮލަރާއި ނުލައި އެގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި ދެ ޤާައުމުގެ އިންވެސްޓްމަންޓް ތަކަށް ދެޤައުމުގައި އެޤައުމެއްގެ ފައިސާއިން އިންވެސްޓްކޮށް ހެދޭނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އަރުވާ ޔަޤީން ކަމަކީ ރައީސް ޑރ މުއިއްޒު ރައްޔިތުން ހެއްވާލަ ދެއްވާނެ ކަމުގެ ޔަގީން ކަން ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ދިވެހި އިޤްތިސާދު ނަގާކޮޅަސް ޖައްސަވާނެކަމުގެ ޔަގީންކަން ވެސް ސުޖާއު ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް