މިހާރުގެ ސަރުކާރުން މިސްކިތްތަކަށް އަޅާނުލާކަމަށް ޕީޕިއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު މިހެން ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ކުރަވަމުންދާ ކެމްޕޭނުގެ ތެރެއިން އއ.ފެރިދޫ އަށް ކުރި ދަތުރުފުޅުގައެވެ.
މުއިއްޒު ވިދާޅުވާ ގޮތުގައި ބައެއް ރަށްތަކުގައި މިސްކިތުގެ ފުރާޅުން ފެންފައިބާތީ އެ ރަށުގެ ގިނަ މީހުން ބޭނުންވާ އެންމެ ބޮޑު އެއްކަމަކަށް އޮތީ މިސްކިތުގެ ފުރާޅުން ފެންފޭބުން ހުއްޓުވައިދިނުމެވެ. އަދި މިއީ މި ސަރުކާރުން އިސްލާމީ ކަންކަމާއި މެދު ކަންތައްތަށް ކުރައްވާ ގޮތްކަމަށްވެސް ވިދާޅުވިއެވެ.
ފެރިދޫ ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރަށުގައި ގިނަގުނަ އުންމީދުތަކެއް ރައްޔިތުންނަށް އެބަ ހުރިކަމާއި އެކަންކަމަކީ އެކަންކަމުގައި ކުލަ ޖައްސައިދިނުމަށްޓަކައި މަސައްކަތް ކުރާނެ ކަންތައްތަކެއްކަމަށެވެ. އަދި މުއިއްޒު ވަނީ ދެތިންކަމެއް ފާހަގަކޮއްލަވާފައެވެ.
އޭގެ ތެރޭގައި، އެ ރަށުގެ ޒުވާނުންނަށް ޔޫތް ސެންޓަރ އެއް އެޅުމާއި، ތައުލީމީ ކުރިއެރުއްވުމަކަށް އޭލެވެލް އެ ރަށުން ކިޔެވޭނެ ގޮތް ހެދުމާއި، ޕިކްނިކް އައިލެންޑް، އަދި ޒަމާނީ ފެންވަރު ރަނގަޅު ހޮސްޕިޓަލް، ޒަމާނީ ފެންވަރުގެ މިސްކިތަކާއި އަދި މަގުތަށްވެސް އެޅުން ހިމެނެއެވެ.
އަދި ޖުމްލަކޮށް، ކޮންމެ ރަށެއްގައިވެސް ކުރަން ހުރި ހުރިހާ ކަމެއްގައި އިހްލާސްތެރިކަމާއި ސަމާލުކަން ދޭނެ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މީގެ އިތުރަށް، މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހިންގާ ނޭންގާނީ ކަންތައްތަކުން، ބިރުދެއްކުން ހިމެނޭކަމެވެ. މިއިން ކޮންމެ ރަށެއްގެ މުވައްޒަފުންނަށް ބިރުދައްކާ ކަމަށާއި އެ ބިރު ދޫކޮށްލަން އެބަ ޖެހޭކަމަށް މުއިއްޒު ފާހަގަކޮށްފައިވެއެވެ.
"އެއްވެސް ވާޒިފާއަކުން، ސިޔާސީ މަގާމެއް ފިޔަވައި، ވައްކެ ނުކުރާނަން. ވަޒީފާ އިން މިސާލަކަށް ތިޔަ ބޭފުޅުން ނުކުމެ ވަޑައިގަތީ ބާކީ 15 ދުވަސް އިންތިހާބު ކެމްޕޭނުގައި އަޅުގަނޑާއެކީގައި. ވަކި ކުރީ މިސާލަކަށް. އެހެންވިއްޔާ އަޅުގަނޑުމެން އައިސް އެ ބޭފުޅުންނަށް އަބުރާ އިޔާދަ ކޮށްދޭނަން ވަޒީފާ" މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ ބިރު އެއްކޮށް ދޫކޮށްލުމަށް އެބޭފުޅަ އެދިވަޑައިގެންފައިވެއެވެ.
ހަމައެފަދައިން މި ސަރުކާރުން ދޮގު ހަދަނީވެސް ވަކި ވަރަކަށް ބަލާފައެއް ނޫންކަމަށް މުއިއްޒު ވިދާުޅުވިއެވެ. ނަމަވެސް ރައްޔިތުން އެކަމަށް މާ ހޭލުންތެރި ކަމަށް ވިދާޅުވެ އެކަމަށް މާ ކަންބޮޑުނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ކޮންމެ ދުވަހަކު ބައިވަރު ހަގީގަތާ ހިލާފު ވާހަކަތަކެއް އަޑުއަހާފަ މި އަންނަނީ. އަޅުގަނޑު އެދެނީ މީގެ އެއްވެސް ވާހަކައެއް އިވިއްޖެއްޔާ އަޅުގަނޑުގެ ކިބައިން އޮޅުންފިލުވާލަން، އެކަމާ މެދު ޝައްކެތް އުފެދެންޔާ. އަޅުގަނޑުމެން ކިޔާދޭނަން. އަޅުގަނޑު ޔަގީނުންވެސް ކިޔާދޭނަން. " މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް