ސްނެޕްޗެޓް ހެކް: ސްނެޕްޗެޓް އެކައުންޓް ޑިލީޓް ކުރާނެ ގޮތް

ސްނެޕްޗެޓަކީ ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާގައި އެންމެ މަގުބޫލު އެޕްލިކޭޝަން ނަމަވެސް އެ އެޕްލިކޭޝަނަށް ވަނީ ބައެއް ގޮންޖެހުންތަކާއި ހިޔާލު ތަފާތުވުންތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. ޕްރައިވެސީގ...

14 Sep 2023 | 17:48

ސްނެޕްޗެޓަކީ ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާގައި އެންމެ މަގުބޫލު އެޕްލިކޭޝަން ނަމަވެސް އެ އެޕްލިކޭޝަނަށް ވަނީ ބައެއް ގޮންޖެހުންތަކާއި ހިޔާލު ތަފާތުވުންތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. ޕްރައިވެސީގެ ކަންބޮޑުވުންތަކާއި ފޫހިވުން ނުވަތަ އެހެން އެޕްލިކޭޝަންތަކަށް ބަދަލުވުން ފަދަ އެކި ސަބަބުތަކާ ހުރެ ބައެއް މީހުން އެކައުންޓް ޑިލީޓް ކުރަން ބޭނުންވެދާނެ އެވެ. ސްނެޕްޗެޓުން އެކައުންޓެއް ޑިލީޓް ކުރުމުގެ ބައެއް ގޮތްތައް ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ބޭނުން ނުވާ ކޮންޓެކްޓްތައް ބްލޮކް ކުރުމާއި ނޮޓިފިކޭޝަން ސެޓިންތައް އެޑްޖަސްޓް ކުރުން ނުވަތަ އެޕްލިކޭޝަނުން ބްރޭކެއް ނެގުން ހިމެނެ އެވެ. ނަމަވެސް ސްނެޕްޗެޓަށް އަލްވަދާއު ކިޔަން ތައްޔާރަށް ތިބި މީހުންނަށް އެކައުންޓެއް ޑިލީޓް ކުރުމަކީ މިހާރު ވަރަށް އާދައިގެ އަދި އަވަސް މަރުހަލާއެކެވެ.

އެކައުންޓްސް ޕޯޓަލްއަށް ލޮގިންވެ ޑިލީޓް މައި އެކައުންޓް އޮޕްޝަން އިޚްތިޔާރު ކުރެވޭނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓް ބޭނުންކުރާ މީހުންގެ ވިސްނުން ބަދަލުވެ އެކައުންޓްތައް އަލުން އެކްޓިވޭޓް ކުރަން ބޭނުންވެއްޖެ ނަމަ އެކައުންޓް ޑޭޓާ 30 ދުވަސް ވަންދެން ބަހައްޓާނެ އެވެ. އެއަށްފަހު ކޮންމެ މެސެޖަކާއި ފޮޓޯއަކާއި ވީޑިއޯއަކާއެކު އެކައުންޓް އަބަދަށް ގެއްލޭނެއެވެ.

ނަމަވެސް ސްނެޕްޗެޓުން އިންޒާރު ދެނީ ޕާޗޭސް ހިސްޓްރީ އާއި ސާވިސް ބަލައިގަތުމުގެ ޝަރުތުތައް ފަދަ ބައެއް މައުލޫމާތުތައް ގާނޫނީ، ސަލާމަތީ އަދި ވިޔަފާރީގެ ސަބަބުތަކަށްޓަކައި ހިފަހައްޓާނެ ކަމަށެވެ. ސްނެޕްޗެޓް އެކައުންޓް ޑިލީޓް ކުރަން ދަސްކުރަން ބޭނުންނަމަ ސްނެޕްޗެޓް އެކައުންޓް ޑިލީޓް ކުރާނެ ގޮތުގެ ސްޓެޕް ބައި ސްޓެޕް ގައިޑެއް ތިރީގައި މިވަނީ އެވެ.

ސްޓެޕް 1: އެންޑްރޮއިޑް ޑިވައިސްގައި ވެބް ބްރައުޒާއެއް ހުޅުވައި އެކައުންޓްސް ޕޯޓަލްއަށް ދިއުން.

ސްޓެޕް 2: ސްނެޕްޗެޓް ޔޫސަރނޭމް އަދި ޕާސްވޯޑް ޖަހާ، ލޮގް އިން އަށް ޓެޕް ކުރާށެވެ.

ސްޓެޕް 3: ޓެޕް ޑިލީޓް މައި އެކައުންޓް.

ސްޓެޕް 4: ޔޫސަރނޭމް އާއި ޕާސްވޯޑް އަނެއްކާވެސް ޖަހާ، ޓެޕް ކޮންޓިނިއު.

ސްޓެޕް 5: ސްނެޕްޗެޓް އެކައުންޓް 30 ދުވަހަށް ޑިއެކްޓިވޭޓް ކުރެވޭނެ. އަލުން އެކްޓިވޭޓް ކުރަން ބޭނުންނަމަ މި މުއްދަތުގެ ތެރޭގައި ޔޫސަރނޭމް އިން ލޮގިން ކޮށްލާށެވެ. އެހެން ނޫންނަމަ ތިބާގެ އެކައުންޓް ދާއިމީކޮށް ޑިލީޓްވާނެއެވެ.

އައިއޯއެސް ޑިވައިސްތަކުގައި:

އައިއޯއެސް ޑިވައިސް އެއް ބޭނުންކުރާ ނަމަ ސްނެޕްޗެޓް އެކައުންޓް އެޕުން ޑިލީޓް ކުރެވޭނެ އެވެ.

ސްޓެޕް 1: ސްނެޕްޗެޓް އެޕް ހުޅުވާފައި ޕްރޮފައިލް އައިކަން ޓޮޕް ވާތް ފަރާތުގައި ޓެޕްކޮށްލާށެވެ.

ސްޓެޕް 2: ސެޓިންގްސް މެނޫއަށް ވަނުމަށް އެންމެ ކަނާތް ފަރާތުގައި ގިއާ އައިކަން ޓެޕްކޮށްލާށެވެ.

ސްޓެޕް 3: އެކައުންޓް އެކްޝަންސް އަށް ތިރިއަށް ސްކްރޯލްކޮށް ޑިލީޓް އެކައުންޓް ޓެޕް ކުރުން.

ސްޓެޕް 4: އެކައުންޓްސް ޕޯޓަލްއަށް ރީޑައިރެކްޓް ކުރާނެ އެވެ.

ސްޓެޕް 5: ޕްރޮސެސް ނިންމުމަށް ކުރީ ބައިގައި ވާ އިރުޝާދުތަކަށް ބޯލަނބާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް