އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ޕޫޓިން އަށް ކިމް ދައުވަތު ދެއްވައިފިއެވެ.
ކިމް ޖޮން-އުން، ކްރެމްލިންގެ ވެރިޔާ ވްލަޑިމިއާ ޕޫޓިން އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވީ، މޮސްކޯ-ޕިއޮންޔޮންގް އެކްސިސް އަލުން އިއާދަކުރުމުން ޔޫކްރެއިންގައި ރަޝިއާގެ އަސްކަރިއްޔާ ވަރުގަދަވެ، ކިމްގެ ސެންސިޓިވް މިސައިލް ޓެކްނޮލޮޖީ ރަޝިއާއަށް ދޭނެ ކަމުގެ ކަންބޮޑުވުން އެމެރިކާއަށް އަމާޒުވެފައި ވަނިކޮށެވެ.
އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނި ގޮތުގައި ޕުޓިން އެ ދައުވަތު ގަބޫލުކުރެއްވި ނަމަވެސް ކްރެމްލިން އިން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރެއިންއަށް އަރައިގަތް ފަހުން ޕުޓިން އެގައުމުން ބޭރަށް ވަޑައިގެންނެވީ ވަރަށް މަދުންނެވެ.
އުތުރު ކޮރެއާގެ ރަސްމީ ނަން ކަމަށްވާ ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާއަށް އިޝާރާތް ކުރައްވައި ކޭސީއެންއޭ އިން ބުނީ ރިސެޕްޝަން ނިންމަވާލެއްވުމަށްފަހު ކިމް ޖޮން-އުން ވަރަށް އިހުލާސްތެރިކަމާއެކު ޕުޓިންއަށް ދައުވަތު ދެއްވީ ފަސޭހަ ވަގުތެއްގައި ޑީޕީއާރުކޭއަށް ޒިޔާރަތް ކުރެއްވުމަށް ކަމަށެވެ.
ކޭސީއެންއޭ އިން ބުނީ ޕުޓިން އެ ދައުވަތު އުފަލާއެކު ގަބޫލުކުރެއްވި ކަމަށާއި ރަޝިއާ އާއި ޑީޕީއާރުކޭގެ ރަހުމަތްތެރިކަމުގެ ތާރީހާއި އާދަކާދަ އަބަދުވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
އުތުރު ކޮރެއާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ވޮޝިންޓަނުން ތުހުމަތު ކުރި ނަމަވެސް އެއްވެސް ޑެލިވަރީއެއް ކުރެވިފައި ވާކަމެއް އަދި ސާފެއް ނުވެ އެވެ.
ޕޫޓިން ވިދާޅުވީ ކިމް އަންނަ ބުރާސްފަތި ދުވަހު ރަޝިއާގެ ސިޓީއެއް ކަމަށްވާ ކޮމްސޮމޯލްސްކް-އޮން-އަމޫރުގައި ހުންނަ އަސްކަރީ އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ ކާރުހާނާތަކަށް ޒިޔާރަތްކުރެއްވުމަށާއި ވްލަޑިވޮސްޓޮކްގައި ހުންނަ ރަޝިއާގެ ޕެސިފިކް ފްލީޓް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް