ދެކުނު ކޮރެއާގެ ރޭލު މަސައްކަތްތެރިން 4 އަހަރަށްފަހު ފުރަތަމަ ހަޅުތާލު ފަށައިފި

ދެކުނު ކޮރެއާގައި ރެއިލްވޭ ތަކުގައި މަސައްކަތްކުރާ ތޭރަ ހާހެއްހާ މަސައްކަތްތެރިން ފާއިތުވި ހަތަރު އަހަރަށް ފަހު ފުރަތަމަ ހަޅުތާލު އަނެއްކާވެސް ފަށައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު (ސެޕްޓެމްބަރު 14) ...

14 Sep 2023 | 17:34

ދެކުނު ކޮރެއާގައި ރެއިލްވޭ ތަކުގައި މަސައްކަތްކުރާ ތޭރަ ހާހެއްހާ މަސައްކަތްތެރިން ފާއިތުވި ހަތަރު އަހަރަށް ފަހު ފުރަތަމަ ހަޅުތާލު އަނެއްކާވެސް ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު (ސެޕްޓެމްބަރު 14) 13،000 އެއްހާ ޔޫނިއަނައިޒްޑް ރޭލް ވޯކަރުން ފަށާފައިވާއިރު، މިއީ މޫސުމީ ޑިމާންޑް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފަސިންޖަރުންނާއި ކާގޯ ރޭލު ދަތުރުތައް 60 އިންސައްތަ އަށް ދަށްވެދާނެ ކަމެކެވެ.

ކޮރެއަން ރޭލްވޭ ވޯކާސް ޔޫނިއަނުން އެދެނީ މުސާރަ އާއި މަސައްކަތުގެ ހާލަތު ރަނގަޅުކޮށް، ދެކުނު ސޯލްއަށް ފައިދާހުރމަގުތަށް ހިމެނުމަށް ކޭޓީއެކްސް ބުލެޓް ޓްރެއިންގެ ހިދުމަތް ފުޅާކުރުމަށެވެ.

ދެކުނު ކޮރެއާގެ ސެމިކޮންޑަކްޓަރުތަކާއި ކާރު ފަދަ އެކްސްޕޯޓު ކުރާ މުހިންމު ބާވަތްތައް ރޭލަށް ބަރޯސާ ނުވުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ އިރު، ސިމެންތި، ސްޓީލް އަދި ޕެޓްރޯކެމިކަލް ފަދަ ދާއިރާތަކުގެ ބައެއް އޮފިޝަލުން ވަނީ ދިގު މުއްދަތަކަށް ވޯކްއައުޓް ނުކުރުމަށް އިންޒާރު ދީފަ އެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ހަޅުތާލު ކޮށްފައި މިވަނީ ޔޫނިއަން އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސަރުކާރު ރޭލު އޮޕަރޭޓަރު ކޮރެއާ ރޭލްރޯޑް ކޯޕަރޭޝަން (ކޮރެއިލް) އާ ދެމެދު ބުދަ ދުވަހުގެ ރޭ ބޭއްވި މަޝްވަރާތައް ރޫޅިގެން ދިއުމާ ގުޅިގެންނެވެ.

އެ ޔޫނިއަނުން ތުހުމަތުކުރާ ގޮތުގައި ދެ ރޭލު އޮޕަރޭޓަރުންގެ މެދުގައި ފައިދާ ހުރި މަގުތައް ބަހާލައިގެން އާންމުންގެ އޮޅުންބޮޅުންތަކާއި ގޮނޑިތަކުގެ ދަތިކަން ސަރުކާރުން އުފައްދަމުން އަންނަ ކަމަށާއި، އެ މަގުތައް އިންޓަގްރޭޓް ކުރަން ޖެހޭނީ ހަރަދު ކުޑަކޮށް އެފިޝިއެންސީ އިތުރުކުރުމަށް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޔޫނިއަންގެ މި ވާހަކައާއި ހަޅުތާލަކީ ގާނޫނާ ހިލާފު ހަޅުތާލެއް ކަމަށް ބުނެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް