ވޭމަންޑޫ ސްކޫލްގެ 03 ބުރީގެ ޢިމާރާތުގެ ނުނިމިހުރި މަސައްކަތާއި މާވަށު ސްކޫލްގެ 9 ކްލާސްރޫމް ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތަށް ޙަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއި ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ބުނެފައިވާ ގޮތުގައި މާވަށު ސްކޫލްގެ މަސައްކަތް އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރީ އެއް އަހަރުގެ ތެރޭގައިނިންމާގޮތަށް، އަށް މިލިއަން ރުފިޔާއަށެވެ.
ހަމައެފަދައިން، ވޭމަންޑޫ ސްކޫލުގެ މަސައްކަތް ޓިކް ޓެކް އިންވެސްޓްމެންޓާ ޙަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައު ނިންމާގޮތަށް، 13 މިލިއަން ރުފިޔާއަށް ކަމަށް އެމިނިސްޓްރީ އިމް ބުނެފައިވެއެވެ.
މާވަށު ސްކޫލްގެ މަސައްކަތުގެ ކޮންޓްރެކްޓުގައި އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރހުސައިން ވަހީދެވެ. އަދި ވޭމަންޑޫ ސްކޫލްގެ މަސައްކަތުގެ ކޮންޓްރެކްޓުގައި ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލްއޮފިސަރ އިސްމާއިލް ޒަހުރާން ޒުބައިރް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެފައިވެއެވެ.
މި ދެ ސްކޫލުގެ މަސައްކަތްތަށް ނިންމުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް