ކެމްޕޭނަށް މުއިއްޒު އދ ގައި، އަނބިކަނބަލުން ކ ގައި، ރަނިންމޭޓް ގދ ގައި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީޕީއެމް/ޕީއެންސީއިން ރަށްރަށަށް މިއަދު ދަތުރު ފަށާއި، ކެނޑިޑޭޓ ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިސާ މުހައްމަދު އަދި ރަނިންމޭޓް ހުސައިން މުހައ...

14 Sep 2023 | 11:42

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީޕީއެމް/ޕީއެންސީއިން ރަށްރަށަށް މިއަދު ދަތުރު ފަށާއި، ކެނޑިޑޭޓ ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިސާ މުހައްމަދު އަދި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަކިވަކިން ތިން ސަރަހައްދަކަށް ވަޑައިގެންފިއެވެ.

ކެމްޕޭނަށް މުއިއްޒު ވަޑައިގެންނެވީ އަރިއަތޮޅަށެވެ. އަދި އަނބިކަނބަލުން ސާޖިސާ ވަޑައިގެންނެވީ ކ. ކާށިދޫއަށާއި ގާފަރަށެވެ. ރަނިންމޭޓް ސެމްބެ ވަޑައިގެންނެވީ ގދ ގެ ބައެއް ރަށްރަށަށެވެ.

މުއިއްޒ އަރިހުގައި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޕީއެންސީގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ (އަދުރޭ) ގެ އިތުރުނއ މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް ވަޑައިގެންނެވިއެވެ.

އަނބިކަނބަލުން ސާޖިދާއާއެކު ވަޑައިގެންނެވި ޓީމުގައި، ޑރ. ޝަހީމްގެ އަނބިކަނބަލުންނާއި ކުރީގެ ޖެންޑަރ މިނިސްޓްރު ޝިދާތާ ޝަރީފް ބައިވެވިވެ ވަޑައިގެންނެވިއެވެ.

ސެމްބެއާއެކ ގދ އަށް ވަޑައިގެންނެވި ޓީމުގައިވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެމްއެންޕީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޑރ. މުއިއްޒުގެ ދަތުރުފުޅުގައި މިއަދު ނުވަ ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ އއ. ބޮޑުފޮޅުދޫ އަދި ފެރިދޫގެ އިތުރުން އދ. ހަންޏާމީދޫ، ކުނބުރުދޫ، އޮމަދޫ، ދަނގެތި، ދިގުރަށް، މަންދޫ އަދި ފެންފުއްޓަށެވެ.

ދަތުރު ނިންމާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް