ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާސް ލިސްޓަށް 408 ޒުވާނުން އިތުރުވާނޭކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 282395 މީހުންގެ އިތުރަށް، ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް 2023 ސެޕްޓެމްބަރ 30 އަށް 18 އަހަރު ފުރޭ 196 އަންހެން، 212 ފިރިހެން، ޖުމްލަ 408 ޒުވާނުން އިތުރު ވެއްޖެ ކަމަށެވެ.
"އިތުރުވި ޒުވާނުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފި" ހަބީބް ވިދާޅުވެފައިވެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުން ސެޕްޓެމްބަރ 15 ން ސެޕްޓެމްބަރ 17 އަށް ހުޅުވާލާފައިވާއިރު ރިޔާސީ އިންތިޚާބު 2023 ގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 282803 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް