ސާވޭއެއްގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑު ކޮޕީ ހޯދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ދަރިވަރުންނަށް އަމާޒުކޮށްގެން ސާވޭއެއްގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑު ކޮޕީ ހޯދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ އެފަދަ މައުލޫމާތ...

14 Sep 2023 | 09:06

ދަރިވަރުންނަށް އަމާޒުކޮށްގެން ސާވޭއެއްގެ ނަމުގައި ދަރިވަރުންގެ އައިޑީކާޑު ކޮޕީ ހޯދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާކަމަށާއި މިފަދަ ރަސްމީ ޑޮކިއުމެންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކި އެކި ސްކޭމްތައް ހިންގުމުގައާއި އައިޑެންޓިޓީ ތެފްތް ފަދަ އަދިވެސް އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުންކޮށްފާނެ މައުލޫމާތު ހިމެނޭ ޑޮކިއުމެންޓަކަށް ވުމާއެކު މިފަދަ ތަކެތި ހިއްސާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވާއިރު އިއްޔެއިން ފެށިގެން ސްކޫލްތަކުންވެސް އަންނަނީ މިކަމަށް ސަމާލުވުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް