އެމިރޭޓްސް އާއި މޯލްޑިވިއަންގެ މެދުގައި އިންޓަލައިން ޕާޓްނަޝިޕެއް ގާއިމުކޮށްފި

ދުބާއީ/މޯލްޑިވްސް - (14 ސެޕްޓެމްބަރު 2023): އެމިރޭޓްސް އާއި މޯލްޑިވިއަން ގުޅިގެން އިންޓަލައިން ޕާޓްނާޝިޕެއް އިއުލާނުކޮށް އެމިރޭޓްސްގެ ކަސްޓަމަރުންނަށް މާލެ އިން ބޭރުގައި ރާއްޖޭގެ މަޝްހޫރު 16 ޗުއްޓީ ހޭ...

14 Sep 2023 | 08:07

ދުބާއީ/މޯލްޑިވްސް - (14 ސެޕްޓެމްބަރު 2023): އެމިރޭޓްސް އާއި މޯލްޑިވިއަން ގުޅިގެން އިންޓަލައިން ޕާޓްނާޝިޕެއް އިއުލާނުކޮށް އެމިރޭޓްސްގެ ކަސްޓަމަރުންނަށް މާލެ އިން ބޭރުގައި ރާއްޖޭގެ މަޝްހޫރު 16 ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ވަދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމަކީ މިދިޔަ އަހަރު ދެ އެއާލައިންގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމާ އެކު، ދެ އެއާލައިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯދުމުގެ އެއްބަސްވުމެކެވެ.

އިންޓަލައިން އެއްބަސްވުމުގެ ސަބަބުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ އާކިޕެލަގޯއަށް ދަތުރުކުރާއިރު އިތުރު އޮޕްޝަންތަކެއް ތަނަވަސްވެ، އެއް ޓިކެޓެއްގައި ކެރިއަރުންގެ ހިދުމަތްތަކާއި ނެޓްވޯކްތައް ބޭނުންކުރުމުގެ އިތުރުން މުޅި ދަތުރުގައި ކަސްޓަމަރުންގެ ތަޖުރިބާ ވެސް އިތުރުވެގެންދާނެ އެވެ.

ރާއްޖޭގެ އެގްޒޯޓިކް އައިލެންޑް މަންޒިލްތަކަށް ދަތުރުކުރާ ކަސްޓަމަރުންނަށް މާލެ އަތޮޅު އުތުރުބުރިއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސޭހަކަމާއި އެކު މެދުކެނޑުމެއް ނެތި ގުޅާލުމަށްފަހު، ޗުއްޓީ ހޭދަކުރާ އިތުރު މަގުބޫލު ތަންތަނަށް ދަތުރުކުރުމުގެ ފައިދާ މިހާރު ލިބިގެންދާނެއެވެ. އެމިރޭޓްސްގެ ފަސިންޖަރުން މޯލްޑިވިއަންގެ ހިދުމަތްތަކާ ގުޅުވައި، އެ މީހުންގެ އައިލެންޑް ގެޓްއަވޭއަށް ޑޮމެސްޓިކް ޕޮއިންޓްގެ ޗޮއިސްއަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ، އެމިރޭޓްސް މޮބައިލް އެޕްލިކޭޝަން، ނުވަތަ ޕްރިފަރޑް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް، ވަގުތުން ވަގުތަށް ދަތުރުކުރެވޭނެއެވެ.

އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކާޒިމް ވިދާޅުވީ މޯލްޑިވިއަންއާ އެކު ޕާޓްނާޝިޕެއް ގާއިމުކޮށް، ރާއްޖޭގެ އިތުރު ޕޮއިންޓްތަކަށް ހިދުމަތް ފުޅާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރާއްޖޭގެ ފްލެގް އެއަރލައިންއާ ގުޅިގެން، މާލެ މަގުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާއިރު، ކަސްޓަމަރުންނަށް ސްމޫތު ކަނެކްޝަން ފޯރުކޮށްދެވޭނެ. މި އެޑެޑް-ވެލިއު ބެނެފިޓް ފުޅާކޮށްގެން މެދުއިރުމައްޗާއި ޔޫރަޕާއި އެފްރިކާ އަދި އެމެރިކާގެ އެކި ކަންކޮޅުތަކުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެއް ޓިކެޓެއްގައި ފްލައިޓްތައް ބުކްކޮށްގެން އެންމެ ފަހު މަންޒިލަށް ދިއުމުގެ ފަސޭހަކަމާ އެކު ރާއްޖެއަށް ދަތުރު ރޭވިދާނެ." ކާޒިމް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު – ކޮމާޝަލް އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ ދުނިޔޭގެ އޭވިއޭޝަން ލީޑަރެއް ކަމަށްވާ އެމިރޭޓްސްއާ އެކު މި ދަތުރު ފެށުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހަމްދާން ވިދާޅުވީ މި ޕާޓްނަރޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ފުޅާ ޑޮމެސްޓިކް ނެޓްވޯކްގެ ވިޒިބިލިޓީ އިތުރުވެ، ދަތުރުވެރިންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ މަޤްޞަދާ އިދިކޮޅަށް ވަރަށް ފުރިހަމައަށް ގުޅެވޭނެކަމަށެވެ. ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ސީދާ އެއާލައިން މެދުވެރިކޮށް މުޅި ދަތުރު ޕްލޭންކޮށް ބުކް ކުރެވޭނެކަމަށާއި، ގައުމީ އެއާލައިންގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ދަތުރުވެރިންނަށް ރާއްޖެ ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކަމަށާއި އެމިރޭޓްސްއާ އެކު މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ލީޑިން އެއާލައިނެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމިރޭޓްސްގެ ކަސްޓަމަރުންނަށް މާލެ މަގުން މަގުބޫލު އަތޮޅުތަކުގެ ތެރެއިން ދަރަވަންދޫ އައިލެންޑް (DRV)، ފަރެސްމާތޮޑާ އެއާޕޯޓް (FMT)، ފުނަދޫ އެއާޕޯޓް (FND)، ފުވައްމުލަކު އައިލެންޑް އެއާޕޯޓް (FMV)، ގަން އައިލެންޑް އިންޓަނޭޝަނަލް (GAN)، ކޫއްޑޫ އައިލެންޑް (GKK)، ހަނިމާދޫ އައިލެންޑް އެއާޕޯޓް (HAQ)، ކުޅުދުއްފުށީ އެއާޕޯޓް (HDK)، ހޯރަފުށި އެއާޕޯޓް (HRF)، ކާޑެއްދޫ އައިލެންޑް އެއާޕޯޓް (KDM)، ކައްދޫ އައިލެންޑް (KDO)، މަޑިވަރު އެއާޕޯޓް (LMV) ހިމެނެ އެވެ. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (NMF)، މާވަރުލު އެއާޕޯޓް (RUL)، ތިމަރަފުށި އެއާޕޯޓް (TMF) އާއި އިފުރު (IFU) ހިމެނެ އެވެ.

މީގެ އިތުރުން އެހެން ރިސޯޓް ތަކުގައި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް އިންޓަލައިން ނެޓްވޯކްގެ އެންމެ ކައިރި ހިސާބަށް ދަތުރުކުރުމުގެ ލުއިފަސޭހަކަން ލިބި، ސީޕްލޭން ނުވަތަ ބޯޓުން އެންމެ ކުރު ދަތުރަކާއެކު އެންމެ ފަހު މަންޒިލާ ހަމައަށް ވާސިލްވެވޭނެ އެވެ.

ދެ އެއާލައިންގެ ޕާޓްނާޝިޕް ތަރައްގީވަމުން އަންނަ ވަރަކަށް ރާއްޖެއަށް ދަތުރުކުރާއިރު ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފައިދާތަކާއި ފަސޭހަތައް އިތުރުވެގެންދާނެ އެވެ.

އެމިރޭޓްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޤައުމެކެވެ. އެވޯޑް ލިބުނު ގްލޯބަލް އެއާލައިނުން 1987 ވަނަ އަހަރު މާލެއަށް ދަތުރުތައް ފެށި އިރު، މިހާރު ދުބާއީ އާއި ރާއްޖެއާ ދެމެދު ހަފުތާއަކު 28 ފްލައިޓް ބާއްވަ އެވެ. ދުވާލެއްގެ މައްޗަށް މާލެއަށް ހަތަރު ފްލައިޓް އިޚްތިޔާރުކުރުމާއެކު އެމިރޭޓްސްގެ ގާތްގަނޑަކަށް 140 ޕޮއިންޓްގެ ނެޓްވޯކްގެ ކަސްޓަމަރުންނަށް ފްލައިޓްތައް އިޚްތިޔާރުކޮށް، އެންމެ ކުޑަ ކަނެކްޝަން ޓައިމްސްގެ ލުއިފަސޭހަކަން ލިބިގަތުމުގެ ފުރުޞަތު ލިބިގެންދެއެވެ.

އެމިރޭޓްސްގެ 29 ކޯޑްޝެއާ އާއި 11 އިންޓަމޯޑަލް އަދި 117 އިންޓަލައިން ޕާޓްނަރުން މެދުވެރިކޮށް އެމިރޭޓްސް އިން ވަނީ އެ ކުންފުނީގެ އަމިއްލަ ނެޓްވޯކަށް ވުރެ މާ ދުރު މަންޒިލްތައް ހިމަނައިގެން ބައިނަލްއަގުވާމީ ފުޓްޕްރިންޓެއް ގާއިމްކޮށްފަ އެވެ.

ދުބާއީގައި ހުންނަ އެމިރޭޓްސްގެ ގްލޯބަލް ހަބުން ފެށިގެން ހަ ކޮންޓިނެންޓެއްގެ ކަސްޓަމަރުންނަށް ހިދުމަތް ދޭއިރު، ފަތުރުވެރިކަމާއި ވިޔަފާރީގެ ކަންކަމަށް މަގުފަހިކޮށްދޭ ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ހިދުމަތް އެމިރޭޓްސް އިން ދެ އެވެ. މި އެއާލައިނަކީ 160 އަށް ވުރެ ގިނަ ގައުމު ތަމްސީލްކުރާ ހިތްވަރުގަދަ މަސައްކަތްތެރިންގެ ފަރާތުން ފޯރުކޮށްދޭ މި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންގެ އަގު ވަޒަންކޮށްފައިވާ އެއާލައިނެކެވެ.

އެމިރޭޓްސް އިން ދުނިޔޭގެ އެންމެ ބޮޑު ބޯއިން 777 އަދި އެއާބަސް އޭ380 މަރުކާގެ މަތިންދާބޯޓުތަކުގެ ފްލީޓް އޮޕަރޭޓްކުރާއިރު، އެ ކުންފުނީގެ އޭ380 ޝަވާ ސްޕާ އާއި އޮންބޯޑް ލައުންޖް ފަދަ ތަނަވަސް ކެބިންތަކާއި އައިކޮނިކް އިންފްލައިޓް ފީޗާތަކާއި އެ ކުންފުނީގެ  ފްލީޓްގެ ހުރިހާ ގޮނޑިއެއްގައި ލިބެން ހުންނަ އައިސް އިންފްލައިޓް މުނިފޫހިފިލުވުމުގެ ސިސްޓަމް މެދުވެރިކޮށް އޮން ޑިމާންޑް، މަލްޓި ލެންގުއޭޖް ކޮންޓެންޓްގެ 6،500 ޗެނަލް ލިބެން ހުންނާނެ އެވެ.

އިތުރު މައުލޫމާތު ހޯދުމަށް www.emirates.com ޒިޔާރަތްކުރާށެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހޫނު މެހެމާންދާރީ ދައްކުވައިދޭ ތަފާތު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދީ ރާއްޖޭގެ ރޫހު ދައްކުވައިދެ އެވެ. އެ އެއާލައިނަކީ އެތެރޭގެ 16 ދާއިރާއެއް ހިމެނޭ ޝެޑިއުލް ނެޓްވޯކަކާ އެކު އެންމެ ކުރީގައި އޮތް ޑޮމެސްޓިކް އެއާލައިނެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ އެންމެ ބޮޑު ވީލް ބޭސްޑް ފްލީޓް އޮޕަރޭޓް ކުރާއިރު އޭގެ ތެރޭގައި ޑީހެވިލަންޑް ޑޭޝް 8 އާއި އޭޓީއާރް އެއާކްރާފްޓް ހިމެނެ އެވެ. ޑިހެވިލަންޑް ޑީއެޗްސީ-6 ޓްވިން އޮޓާ މަތިންދާބޯޓު ހިމެނޭ މޯލްޑިވިއަން ސީޕްލޭންގެ ސަބަބުން ކަސްޓަމަރުން އިޚްތިޔާރުކުރާ ރިސޯޓުގެ ދޮރާއި ސީދާ ގުޅުވައިދޭ ހާއްސަ ޓޫރިސްޓް އެއާ ޓްރާންސްޕޯޓްގެ ހިދުމަތް ފޯރުކޮށްދީ އެ އެއާލައިންގެ ޑޮމެސްޓިކް އޮޕަރޭޝަން އިތުރަށް ހަރުދަނާ ކޮށްދެ އެވެ. މާލޭގައި ހުންނަ އެ އެއާލައިންގެ ހަބުން އޮޕަރޭޓްކުރާ މި އެއާލައިނުން އިންޑިއާ އާއި ބަންގްލަދޭޝްގެ ސިޓީތަކަށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ކުރެ އެވެ.

އިތުރު މައުލޫމާތު ހޯދުމަށް www.maldivian.aero ޒިޔާރަތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް