ހިޔާ ފްލެޓް ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލި މައްސަލައެއް ބަލަނީ

ހުޅުމާލެ ފޭޒް ދޭއްގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަ...

14 Sep 2023 | 07:12

ހުޅުމާލެ ފޭޒް ދޭއްގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް ތަޅުލި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެގޮތުން އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ ހިޔާ ފްލެޓެއްގެ ބެލްކަންޏެއްގައި ކުޑަކުއްޖަކު އެކަހެރިކޮށް، ތަޅުލާފައިހުރި ވީޑިއޯއެއްގެ މީސްމީޑިއާގައި ދައުރުވަމުންދާތީ އެ މައްސަލަ ބަލަން ފަށާފައިވާކަމަށެވެ.

"ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާގޮތަކަށް އަސަރުކޮށްފާނެ ކަމަކަށްވާތީ، ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯ މީސްމީޑިއާގައި ހިއްސާނުކުރުމަށް އިލްތިމާސް ކުރަން" އެޗްއާރްސީއެމުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އަދި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ކަމާގުޅޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް