މައްޗަންގޮޅިން މިއަދު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭ މައްޗަންގޮޅިން މިއަދު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މައްޗަންގޮޅީގެ މާފަތްތަކ...

14 Sep 2023 | 05:22

މާލޭ މައްޗަންގޮޅިން މިއަދު ދެ ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މައްޗަންގޮޅީގެ މާފަތްތަކުރުފާނު މަގާއި، ވައިދެރި ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެއްވާ ކަމެއް ކަމަށެވެ.

އެ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ލަފާ ކޮށްފައި ވަނީ މިއަދު ހެނދުނު 10:00 އިން 12:00 އަށެވެ.

ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް