ޑިމޮކްރެޓްސްގެ އެކްޓިވިސްޓު ސްމިތް، މުއިއްޒުއަށް ތާއީދު ކުރަން ނިންމައިފި

ދަ ޑިމޮކްރެޓްސްގެ އެކްޓިވިސްޓު އަލީ ހާޝިމް (ސްމިތް)، ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން ނިންމައިފިއެވެ. ސްމިތް ވަނީ މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް...

14 Sep 2023 | 01:46

ދަ ޑިމޮކްރެޓްސްގެ އެކްޓިވިސްޓު އަލީ ހާޝިމް (ސްމިތް)، ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން ނިންމައިފިއެވެ.

ސްމިތް ވަނީ މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އުފެއްދުމާއެކު ނަޝީދުގެ ފަހަތުން ސްމިތްވެސް ޑިމޮކްރެޓްސްއަށް ސޮއި ކުރީއެވެ.

އެހެންކަމުން އޭނާ ވަޒީފާއިން ކަނޑާލީ ކަމަށް އަޑު ފެތުރުނެވެ.

މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)އާއެކު ހުރި ފޮޓޯއެއް އާއްމު ކުރަމުން ސްމިތް ބުނީ، ބޭނުމީ 'އިބޫ ނޫން ގޮތެއް' ކަމަށެވެ.

https://twitter.com/AliHashimSmith1/status/1701896619254481287

ސްމިތްގެ އިތުރުން ޑިމޮކްރެޓްސްގެ ބައެއް އެކްޓިވިސްޓުންވެސް ވަނީ އެމްޑީޕީގެ ފަހަތަށް އަރަށް ބޭނުން ނުވާކަން ހާމަކޮށްފައެވެ. ނަަމަވެސް ޕީީޕީއެމް/ޕީއެންސީ ކޯލިޝަނަށް ތާއީދު ކުރާކަން އެއިން ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ޑިމޮކްރެޓްސްގެ ފަރާތުންވެސް މިހާތަނަށް ވަކި މީހަކަށް ތާއީދު ކުރާނެކަން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް