ކުރިއަށް ދާން އޮތް ދެ މަގުވެސް އަނދިރިވެފައި ނާމާން ކަމަށާއި ނަމަވެސް ހުއްޓި ތިބެވެން ނެތް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
އަމްރު މިހެނމް ވިދާޅުވީ، ފުރަތަމަ ބުރުން ނާކާމިޔާބުވެ، ދެވަނަ ބުރުގައި ކޮންމެވެސް އެއް ޕާޓިއެއްގެ ފަހަތަށް އެރުމާމެދު ދެކޭގޮތް ނުސީދާ ގޮތަކަށް ހާމަކުރަމުންނެވެ.
އަމްރު ވިދާޅުވީ މަގުގެ ކޮޅަށް އާދެވިއްޖެ ކަމަށެވެ. އަދި ދެން ކުރިޔަށް ދާން އޮތް ދެ މަގު ވެސް އަނދިރިވެފައި ނާމާން ކަމަށެވެ. ނަމަވެސް ހުއްޓި ތިބެވޭކަށް ނެތް ކަމަށާއި އިތުރު މަގެއް ކޮށައިގެން ކުރިޔަށް ދިޔުން ނޫންގޮތެއް ނެތް ކަމަށެވެ.
"އަޅުގަޑުމެން އެދޭ ފުދުންތެރި އަބުރުވެރި ހަޔާތެއް އިރާދަކުރެއްވިއްޔާ ހޯދޭނެ" އަމްރު ވިދާޅުވިއެވެ.
https://twitter.com/HusenAmr/status/1702053715761676301
އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ތާއީދު ކުރާނެ ޕާޓީއެއް އަދި ނުނިންމައެވެ. ނަމަވެސް އެމްޑީޕީގެ ފަހަތަށް އަރަން ބޭނުން ނުވާކަމަށް ޑިމޮކްރެޓްސްގެ އެކްޓިވިސްޓުން ބުނަމުން ދެއެވެ.
އަދި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައި ވަނީ އެމްޑީޕީއާ ގުޅުން އެއީ ނުވުން ގާތުގައިވާ ކަމެއް ކަމަށެވެ.
ފުރަތަމަ ބުރުގައި ނާކާމިޔާބުވި ލީޑަރުންގެ ތެރެއިން މިހާތަނަށް ކޯލިޝަން ހަދާފައި ވަނީ އެމްއެންޕީއިން އެކަންޏެވެ. އެ ޕާޓީއިން ވަނީ ޕީޕީއެމްއާ ގުޅި، އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް