ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެމްޑީޕީއިން ފާރިސްގެ ޓީމާ ބައްދަލުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެމްޑީޕީއިން އަހުމަދު ފާރިސް މައުމޫނުގެ ޓީމާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެކަމާ ގ...

14 Sep 2023 | 01:18

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެމްޑީޕީއިން އަހުމަދު ފާރިސް މައުމޫނުގެ ޓީމާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕާއި ބައްދަލު ކޮށްފައި ވަނީ ފާރިސްގެ ފަރާތުން އައިމިނަތު ނާދިރާ އިސްވެ ހުންނެވި ޓީމެއް ކަމަށެވެ.

މަޝްވަރާއަށްފަހު ނިންމާފައިވާ ވަކި ގޮތެއް ފާރިސް އަދި ހާމައެއް ނުކުރައްވައެވެ.

ފާރިސްގެ ޓީމުން ވަނީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. އެ ބައްދަލުވުން އޮތީ އިއްޔެގެ ވަގުތެއްގައެވެ.

https://twitter.com/afarismaumoon/status/1702040386338963470

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަސު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެއާއެކު އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ލީޑަރުންނާއެކު ކޯލިޝަން ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން ޕީޕިއެމް/ޕީއެންސީއިން ވަނީ ސަންއައިލެންޑްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ބައްދަލު ކުރައްވާފައެވެ. އަދި އޭގެ ފަހުން ރައީސް ސޯލިހުވެސް ވަނީ ގާސިމާ ބައްދަލު ކުރައްވާފައެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ތިން ކެނޑިޑޭޓުންވެސް އަދި ގޮތެއް ނިންމާފައި ނުވާއިރުު، އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވަނީ ޕީޕިއެމް/ޕީއެންސީއާ ކޯލިޝަން ހަދާފައެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއިންވެސް އަދި ވަކި ގޮތަކަށް ނުނިންމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް