ފުއާދުގެ ނުރުހުން މާރިޔާއަށް: ބާތިލު ވޯޓުތަކުގެ ސަބަބުން ނަތީޖާ އަކަށް ބަދަލެއް ނާންނާނެ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓު ކަނޑައެޅި ގޮތުން ‘އިބޫއަސްލަމް’ ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުދާޅުވެފައި ވަނިކޮށް، އެކަމަށް އިލެކްޝަންސްގެ ރ...

13 Sep 2023 | 21:25

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓު ކަނޑައެޅި ގޮތުން ‘އިބޫއަސްލަމް’ ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުދާޅުވެފައި ވަނިކޮށް، އެކަމަށް އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގު ރައްދު ދެއްވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއެކު އެ ޕާޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ބާތިލް ވޯޓު ނޭނގޭނަމަ އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއް ވޯޓު ގުނާއިރު ހާޒިރުވެ އިންނެވުން ރަނގަޅު ކަމަށެވެ.

“މުސްކުޅިއެއްގެ އަތުން މި ޖެހުނުކަން ރަނގަޅަށް ނޭނގޭތީ ޔަގީން ކޮށްލަން ދެވަނަ ފަހަރު އޭގެ މަތީގަ އަޅާލާފަ ހުއްޓަސް ހަމަ ސީދާ ކަނޑައެޅިގެން އެ ހެޔޮ ފާހަގަކަން އިނގޭއިރުވެސް، ތިމަންނަ މެންގެ ގަވާއިދު ތަންދެއޭ ކިޔާފަ ވޯޓު ބާތިލު ކޮށްފަ އެބަހުއްޓޭ” މާރިޔާ ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވައި ފުއާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާތިލު ވޯޓުގެ އަދަދަށްވުރެ ޑރ. މުއިއްޒުއާއި ރައީސް ސޯލިހަށްް ލިބިވަޑާއިގެންނެވި ވޯޓުގެ ތަފާތު ބޮޑު ކަމަަށެވެ. އަދި ރައީސް ސޯލިހާއި އިލްޔާސަށް ލިބިވަޑައިގެންނެވި ވޯޓުގެ ތަފާތުވެސް ބާތިލު ވޯޓަށްވުރެ ގިނަ ކަމަށެވެ.

އެހެންކަމުން އެފަދަ ވާހަކަތައް ދެއްކުމުގެ މާބޮޑު މާނައެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް