ދިރާގުން މިހާރު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ހުރިހާ އިންޓަރނެޓް ބޭނުންތަކަށް އަންލިމިޓަޑް ފައިބަރ ހޯމް އިންޓަރނެޓް ހަލުވި ސްޕީޑްގައި ތަޖުރިބާކޮށްލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނެފައިވާ ގޮތުގައި ރެސިޑެންޝަލް ކަސްޓަމަރުންނަށް ބްރައުސްކުރުމަށާއި ސްޓްރީމްކުރުމަށާއި ގޭމް ކުޅެ ޑައުންލޯޑް ކުރުމަށްވެސް އަންލިމިޓަޑް ފައިބަރ ބްރޯޑްބޭންޑް ދެ ޕެކޭޖަކުން އިޚްތިޔާރުކުރެވޭނެއެވެ.
އެއީ ފައިބަރ 50އެމް އަންލިމިޓަޑް ޕެކޭޖް 1490 ރުފިޔާއަށް ނުވަތަ ފައިބަރ 100އެމް އަންލިމިޓެޑް އެންމެ 2800 ރުފިޔާއަށެވެ.
މި ޕެކޭޖްތަކުގެ އަންލިމިޓަޑް ޑޭޓާ އެލަވަންސާއެކު ކަސްޓަމަރުންނަށް އެންމެ ރަނގަޅު އަގުތަކުގައި ރާއްޖޭގެ އެންމެ ހަލުވި ނެޓްވަރކްގައި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކަސްޓަމަރުންނަށް ނުވަތަ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ.
ދިރާގަށް އައު ކަސްޓަމަރެއްނަމަ މި ލިންކް މެދުވެރިކޮށް ދިރާގު އިންޓަރނެޓަށް އެޕްލައިކޮށްލެވޭނެ ކަމަށް ދިރާގުން ހާމަކުރައްވާފައިވެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވަރކްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް