ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ހުށަހަޅާފައިވާ ޝަކުވާތައް ބަލައިގަނެ، އެ ލިސްޓަށް އައި ބަދަލު ސަރުކާރުން އާއްމުކޮށްފިއެވެ.
ހައުސިންގް މިނިސްޓްރީން ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހަޅުއްވި ޝަކުވާތަށް އެ މިނިސްޓްރީން ބަލަމުންދާ ކަމަށާއި، ޝަކުވާ ބެލުމަށްފަހު ސްޓޭޓަސްއަށް އައި ބަދަލް މިހާރު ޕޯރޓަލްއިން ފެންނާނެ ކަމަށެވެ.
https://twitter.com/MoNPHImv/status/1701879401141739618
ސަރުކާރުން ނިންމާފައިވަނީ މި ސްކީމަށް ޝަރުތުހަމަވާ ހުރިހާފަރާތްތަކަށް ފުލެޓް ދިނުމަށެވެ.
ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިންގް މިނިސްޓްރީގެ ފަރާތުން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު “ގެދޮރުވެރިން ޕޯޓަލް” އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ..
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން “ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލީ 8 އޯގަސްޓް 2023 އިން 22 އޯގަސްޓް 2023 ގެ 23:59 ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް