ފުލުހުންތަކަކަށް ހަމަލާދިން މައްސަލައިގާ އިތުރު ފަސް މިހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ސީޕީ ހަމީދު ވިދާޅުވީ ތިން ފުލުހުންނަށް ހަމަލާދިން މައްސަލައިގާ އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ފުލުހުން އެމީހުން އަތުލައިގަތީ ފިލާ ތިއްބާ ކަމަށެވެ.
"ރާވައިގެން ކުށްކުރާ ގްރޫޕްތަކާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނަން، އޮފިޝަރުންނަށް ހަމަލާދިން ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނަން" ސީޕީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ހެންވޭރަށް ނިސްބަތްވާ ގްރޫޕަކުން ހަމަލާދީ ތިން ފުލުހުން ޒަހަމްކޮށްލިއެވެ. އެ ތިން ފުލުހުންނަށްވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު އޭގެ ތެރެއިން ދެ ފުލުހަކު ދޫކޮށްލިކަން ފުލުހުން ހާމަކުރިއެވެ.
މި މައްސަލައިގާ އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު ކުރިން ވެސް މި މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް