ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާއެކު ރައްދުކުރެވެން ޖެހޭނެ: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާއެކު ރައްދުކުރެވެން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބްރޮޑްކާސް...

14 Sep 2022 | 18:29

ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާއެކު ރައްދުކުރެވެން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބްރޮޑްކާސްޓިން އެވޯޑް ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ގިނަ ނޫސްވެރިން އެކަމަށް ގަދަ އަޅާ ކުރައްވަމުންދާ މަސައްކަތްފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ ބްރޮޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް މިނިވަންކަމާއެކު ހަރަކާތްތެރިވާނެ ފުރުސަތު މިއަދު އެބައޮތް ކަމަށެވެ. އަދި ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ.

މާލީ ދަތިކަން އޮތް ކަމަށް ގަބޫލުކުރައްވާ ރައީސް ވިދާޅުވީ ޗެނަލް ހިންގާ ނިޔަތާއި އެއްވަރަށް ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން އެމަންޒަރާއި އަޑު އާއިލީ ސިޓީންރޫމުތަކަށް ނުފެތޭ ކަމަށެވެ.

"ބޭނުންވާ ހުނަރާއި ގާބިލުކަންނޫސްވެރިންނަށް ލިއްބައިދިނުމަށް އިހުނަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ. މިކަމުގައި ސަރުކާރާއި ބްރޮޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުގެ ދައުރު މުހިންމު." ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ބްރޮޑްކާސްޓިން އެވޯޑަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، މިރޭ މި ފެށުން ފެށޭ ސަބަބު ގުޅިފައިވަނީ ބަހާއި އަދަބިއްޔާތަށް ކަމަށާއި ބަހަވީ ފަންނުވެރިކަމުގައި ދިވެހިންގެ ހުނަރު ބޮޑު ކަމަށެވެ. އަދި ބުނަން ބޭނުންވާ ޝުއޫރުގައި ދިވެހިންނަކީ މިނިވަނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޕްރައިވެޓް ޓީވީ ޗެނަލުތަކުން ކުރާ ޚިދުމަތުގެ އަގު ރައީސް ވަނީ ވަޒަން ކުރައްވާ ވިދާޅުވީ މުހިންމު ޕްރޮގްރާމުތަކެއް އަމިއްލަ ޓީވީ ޗެނަލުތަކުން ގެނެސްދެއްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް