ހދ. ކުރިނބި ބަނދަރު ހެދުމުގެ މަޝްރޫއު 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
42.9 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި 4389 ކިއުބިކް މީޓަރުގެ ބަނދަރު ފުންކޮށް، ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 30172 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ވަނީ ނިންމާފައެވެ. އަދި 2040 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުން ކުރުމުން ވެސް ހިމެނެއެވެ.
މީގެ އިތުރުން 295 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިޖެހުމާއި، 70 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 314 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި 314 މީޓަރުގެ އެއްގަމު ތޮށި ޖެހުން ހިމެނޭއިރު، 10 މޫރިން ބޮއި ހަރުކުރުން ވެސް ހިމެނެއެވެ. އަދި 2 ނެވިގޭޝަން ލައިޓް ހަރުކުރުން ވެސް މި މަޝްރޫއުގައި ވަނީ ނިމަނާފައެވެ.
މީގެ އިތުރުން ރޭމްޕެއް ހެދުމާއި، 16 މަގުބައްތި ހަރުކޮށް، ބަނދަރާ އިންވެގެން 1556.61 އަކަ މީޓަރުގެ ޕޭވްމަންޓު ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް