ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައިވާ ފަރާތްތަކާއި ވާދަކުރައްވާނެކަމުގައި ބެލެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރީތި ލީޑަރަކު ހޮވުމަށް "ދުވަސް" ނޫހުން ފޭސްބުކްގައި "ޕޯލް" އެއް ހުޅުވާލައިފިއެވެ.
މި ޕޯލްއާއި ގުޅޭގޮތުން ދުވަހުގެ މެނޭޖިން އެޑިޓަރ އަޒްމީ އަލީ ވިދާޅުވީ މިއަދު އެންމެ ގަދައަށް ދެކެވުނު އެއް ވާހައަކީ އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް)ގެ ރީތިވާހަކައާއި އެމަނިކުފާނު ރީތިވީމާ ވޯޓު ދެއްވާނެ ކަނބަލުން ތިއްބަވާނެކަމުގައި އެމްޑީއޭގެ ލީޑަރުގެ އަރިސް ބޭފުޅެއްކަމުގައިވާ މައުރޫފް ވިދާޅުވި ވާހަކަ ކަމަށާއި އެހެންކަމުން އެންމެ ރީތި ލީޑަރު ހޮވަން ދުވަހުގެ ކިޔުންތެރިންނަށް ފުރުސަތު ހުޅުވައިލަން ނިންމީ ކަމަށެވެ.
ދުވަސްގެ މި ޕޯލް ކުރިއަށްދަނީ ދުވަސްގެ ފޭސްބުކް ކޮމިއުނިޓީ ގްރޫޕްގައެވެ. މިއަދު މެންދުރެއްހާއިރު ހުޅުވާލި މި ޕޯލްއަށް މިހާތަނަށް 1800އެއްހާ މީހުން ވޯޓު ދީފައިވާއިރު މިވަގުތަށް ބަލާއިރު އެންމެ ވާދަވެރިކޮށް އުޅުއްވަނީ ރައީސް ސޯލިހާއި ރައީސް ޔާމީނެވެ. ދެން އެންމެ ވާދަކުރައްވަނީ ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ. ރީތިކަމަށް މިއަދު ފަލަ ސުރުހީތަކުން ޖާގަހޯއްދެވި އަހްމަދު ޝިޔާމް މުމައްމަދު އުޅުއްވަނީ 10 ލީޑަރުންގެ ތެރެއިން ފަހަތުން ފަސްވަނައިގައެވެ. މިހާތަނަށް ޝިޔާމަށް 74 ވޯޓު ލިބިފައިވާއިރު ޕޯލްގެ އެންމެ ކުރީގައި އުޅުއްވާ، ރައީސް ސޯލިހަށް 500 އަށްވުރެ ގިނަ ވޯޓު ލިބިފައިވެއެވެ.
ދުވަސްގެ މި ޕޯލް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ދުވަސް އިން ވަނީ ނިންމާފައެވެ. އަދި އެއަށްފަހު މި ޕޯލްގެ ނަތީޖާއަށް ބަލައި އެންމެ ރީތި ލީޑަރު އިއުލާނުކުރާނެއެވެ.
ޕޯލްގެ ލިންކް: https://web.facebook.com/groups/1659194854294008/posts/3201137403433071/
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް