ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު، އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ނާޒިމް ޢަބްދުއްސައްތާރަށް ހުކުމް އިްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވަނީ ނާޒިމަށް ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ހަވީރު 4:30 އަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއްނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ލުއިކޮށް، އޭނާގެ މައްޗަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.
އެހެންނަމަވެސް ބަންދުގައި އޭނާ ހަތް ދުވަސް ހޭދަކޮށްފައިވުމުން އެ މުއްދަތު ވެސް ހުކުމުން އުނިވާނެއެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް އާއި ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރިއެވެ.
އަބްދުއްރަހުމާން ރަފީއު އާއި ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފައެވެ.
މި މައްސަލައިގައި އަލަމްގީރަށް ކުރި ދައުވާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހަތް މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް