ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 125 ރުފިޔާއަށް 100 ޖީބީ ލިބޭ ޕްރޮމޯޝަނެއް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ގަދަ ފަސް ދުވަހަކަށް 100 ޖީބީ" ނަމުގައި ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. މި ޕްރޮމޯޝަންގެ ދަށުން ފަސް ދުވަހަށް 100 ޖީބީ، 125 ރުފިޔާއަށް ލިބޭނެ އެވެ....

14 Sep 2022 | 11:31

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ގަދަ ފަސް ދުވަހަކަށް 100 ޖީބީ" ނަމުގައި ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ފަސް ދުވަހަށް 100 ޖީބީ، 125 ރުފިޔާއަށް ލިބޭނެ އެވެ. ދިރާގުން ބުނީ އެ އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "Data125" ޖެހުމަށްފަހު 343 އަށް އެސްއެމްއެސްއެއް ކޮށްލައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުން ބުނީ އެ މިނި ޑޭޓާ އެޑްއޮން ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ދިރާގުގެ ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭންތައް ބޭނުންވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތައް ވަނީ ފަރުމާކޮށްފަ އެވެ. އެގޮތުން، ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ "ދިރާގު ކޮންބޯ ޕްލޭންސް" ފާހަގަކޮށްލެވެ އެވެ.

ކޮންމެ ދުވަހަކު ވެސް އާކުރެވޭ، ޑޭޓާ އެލަވެންސްތަކާއި މުއްދަތު ހަމަވާ ތާރީހު އަމިއްލަ އަށް އިހްތިޔާރުކުރެވޭ އަދި ދިރާގުގެ ހުރިހާ ނަންބަރަކަށް ހިލޭ ގުޅޭ "ސަޅި ޕްރިޕެއިޑް ޕްލޭންސް" އާއި ޒުވާނުންނަށް ހާއްސަ، ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެލަވެންސް އަމިއްލަ އަށް ފަރުމާ ކުރެވޭ "މަމެން" ވެސް އެ ޕްލޭންތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް