އަނަންޔާގެ އާ ބެސްޓް ފްރެންޑު ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭގެ އާ ބެސްޓް ފްރެންޑު ނުވަތަ އެންމެ ގާތް އެކުވެރިޔާ ދައްކާލައިފި އެވެ. ބެސްޓް ފްރެންޑާއި އެކު ނަގާފައިވާފޮޓޯއެއް އަނަންޔާ ހިއްސާ ކުރީ އިންސްޓަގްރާމްގައި އެވެ. އެއީ ރަނ...

14 Sep 2022 | 05:58

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭގެ އާ ބެސްޓް ފްރެންޑު ނުވަތަ އެންމެ ގާތް އެކުވެރިޔާ ދައްކާލައިފި އެވެ.

ބެސްޓް ފްރެންޑާއި އެކު ނަގާފައިވާފޮޓޯއެއް އަނަންޔާ ހިއްސާ ކުރީ އިންސްޓަގްރާމްގައި އެވެ. އެއީ ރަންބީރު ކަޕޫރާއި އެކު ނަގާފައިވާ ފޮޓޯ އެކެވެ.

އެ ފޮޓޯގައި އަނަންޔާ ބުނެފައިވަނީ އާ ދުވަހެއް، އާ ޝޫޓެއް އަދި އާ ބެސްޓު ފްރެންޑު ކަމަށެވެ. އަދި ދޯސްތް އަސްޓްރާ ހޭޝް ޓެގްގެ ގޮތުގައި ޖަހާފައިވެ އެވެ.

"އަސްތްރާ" އަކީ ރަންބީރުގެ އެންމެ ފަހުގެ ފިލްމު "ބްރަހްމަސްތްރާ" ގައި ބޭނުން ކުރަމުން އަންނަ މަހެކެވެ.

އަނަންޔާގައި ޕޯސްޓާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ ހިތް އިމޯޖީ އާއި ފަޔާ އިމޯޖީ ފޮނުވާފަ އެވެ.

https://www.instagram.com/p/Cic32ZAJEAm/

މި ދުވަސް ވަރު މަޝްހޫރު ކޮންމެ މީހަކުވެސް ބޭނުންވަނީ ރަންބީރު ނުވަތަ އާލިއާ ބަޓާއި އެކު ފޮޓޯއެއް ނަގާލަންށެވެ. އަޑިއަޅާލާފައިވާ އޮތް ބޮލީވުޑް ކޮޅަށް ޖެހެން ފަށާފައި މިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ރިލީޒް ކުރި "ބްރަހަމަސްތްރާގެ ސަބަބުންނެވެ.

އެ ފިލްމަށް ބޮޑު ކާމިޔާބެއް ލިބެމުންދާއިރު ފުރަތަމަ ހަތަރު ދުވަހުން "ބްރަހަމަސްތްރާ" އަށް ވަނީ225 ކްރޯޑު ރުޕީސް ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް