ދޮށީ ފިރިހެން ދަރިފުޅު އާރަޔަން ހާން ވައްތަރީ ބައްޕަ ޝާރުކް ހާނާއި ކަން ސާބިތުކޮށްދީފި އެވެ.
ޝާރުކް މިކަން ސާބިތު ކޮށްދީފައިވަނީ އަންހެނުން ގޯރީ ހާނަށެވެ.
މި ފަހުން އާރްޔަން ވަނީ ކުޅިވަރު ހެދުން ވްރޭންޑެއްގެ އިޝްތިހާރެއް ކުޅެފަ އެވެ. އޭގައި ފެންނަނީ މޭޒެއްގެ މަތިން އާރްޔަން ފުންމާލާތަނެވެ. އެ މަންޒަރު އިންސްޓަގްރާމްކޮށް ގޯރީ ބުނެފައިވަނީ ކުރިޔަށް އަދި މައްޗަށް އެ ދަނީ އޭނާގެ ފިރިހެން ކުއްޖާ ކަމަށެވެ.
އޭގެ ފަހުން ޝާރުކް އިންސްޓަގްރާމްގައި ހިއްސާ ކުއީ އޭނާ ފެންސެއްގެ މަތިން ފުންމާތަން ފެންނަ ފޮޓޯއެކެވެ. އެ މަންޒަރަކީ ފިލްމު "މެއިން ހޫނާ" ގައި ޝާރުކް ކުޅެފައިވާ މަންޒަރެކެވެ.
އެ ފޮޓޯ އާއި އެކު ބުނެފައިވަނީ އާރްޔަންގެ ގައިގަ ހުރީ އޭނާގެ ސިފަތަށް އަދި އޭނާ ގެންގުޅޭ ގޮތްގަނޑު ކަމަށެވެ. އަދި އެއީ އޭނާގެ ފިރިހެން ކުއްޖާ ކަމަށް ބުންޏެވެ.
ދެމަފިރިން އާރްޔަން އާއި ގުޅޭގޮތުން އިންސްޓަގްރާމްކޮށް ވާހަކަ ދައްކަނީ އޭނާ އާންމުންގެ މެދުގައި ބަލައިގެންނަ މީހަކަށް ހެދުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ މިދިޔަ އަހަރު އާރްޔަން ހައްޔަރު ކުރި މަސްތުވާތަކެތީގެ މައްސަލައިގަ އޭނާގެ ނަން ވަރަށް ބޮޑަސް ކިލަނބުވެފައިވާތީ އެވެ.
އާރްޔަން ވާން ބޭނުންވަނީ ބޮލީވުޑް ފިލްމު ލިޔުންތެރިޔަކަށެވެ. އާރްޔަން މިހާރު ދަނީ އޭނާގެ ފުރަތަމަ ފިލްމު ލިޔުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެއީ ކޮމިޑީ ފިލްމެއް ކަމަށް މީގެ ކުރިން ހާމަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް