ކުރީގެ ރައީސް އަބްދު ﷲ ޔާމިންގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުން މިއަދު ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައިދޭ ވާހަކަ ދައްކާތީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ސުވާލެއް އެ ބޭފުޅުންނަށް އަމާޒުވެއްޖެއެވެ.
ޒަރީރު މި ސުވާލު އަމާޒުކުރެއްވީ، ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އާލާސްކަންފުޅާ އައިސީޔޫގައި ފަރުވާ ހޯއްދެވި ދުވަސްތަކެއްގައި އޭނާގެ މައްޗަށް ކޯޓުން ހުކުމް ކުރި މައްސަލަ ހަނދާނަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެއެވެ.
ޒަރީރު ވިދާޅުވީ މިއަދު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އޭރުގެ ރައީސް ޔާމީނުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދިވެހި ރައްޔިތުންގެ މަރުގެ މައްސަލަތަކާ، އިންސާފު ބޭނުންވާ މައްސަލަތައް މަޖިލީހުގެ ތަޅުމުގައި ސިޔާސީ ކޮށްފިކަމަށެވެ.
ކޮންއިންސާފެއްގެ ވާހަކައެއްތޯ މިބޭފުޅުންނަށް ދެއްކެއް އޮތީ، ގާސިމް އިބުރާހިމް ވިދާޅުވީ އައިސީޔޫގަ އޮންނަވަނިކޮށޭ ހުކުމް ތަޅާލީ"
ޒަރީރު މިހެން ވިދާޅުވީ ހުޅުމާލެ ޖަލުގައި ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވުމުން އެމައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ޒަރީރު ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަކީ އޭނާގެ މިނިސްޓަރުކަމުގައި ބާރާއެކީ ސިފައިން ބޭނުން ކުރައްވައިގެން މަޖިލީހުން މަޖިލީހުގެ މެމްބަރުން ނެރެ "އުކާލެއްވި" މިނިސްޓަރު ކަމަށެވެ. އެ ހަނދާން އެބަހުރި ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރު ހިއުމަންރައިޓް ކޮމިޝަން ފަދަ މިނިވަން މުސްތަގިއްލު ކޮމިޝަންތަކަށް އެއްޗެއް ބުނުމުގެ ބާރު ވެސް ނެތް ކަމަށާ، ކޮމިޝަނުގައި ތިއްބަވައިގެން އެއްޗެއް ބުނެފި މެމްބަރެއްގެ މަގާމު ގެއްލުވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް