މޮސްޓާ އާއި ޖޭފޯ އެމްއެންޕީ އާ ނުގުޅޭން ނިންމައިފި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުގުޅޭން ނިންމައިފި އެވެ. މިހާރުކުރިއަށް...

14 Sep 2021 | 16:24

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ނުގުޅޭން ނިންމައިފި އެވެ.

މިހާރުކުރިއަށްދާ ދިވެހި ޗެނަލް ގެ "ހަވާސާ" ޕްރޮގްރާމު ގައި ވާހަކަ ދައްކަވަމުން އެ ދެ ބޭފުޅުން ވިދާޅުވީ މަޖިލީހަށް އައީ ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ތިބެން ބޭނުންވަނީ އެގޮތުގައި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު ހުރިގޮތުން ވަކި ޕާޓީއަކާއި ސީދާ ގުޅިގެން މަސައްކަތް ކުރުމަކީ އެހާ ކަމުދާ ގޮތެއް ނޫން ކަމަށާއި ޕާޓީ އެއް އުފެއްދުމުގައި މަސައްކަތްކޮށްދިނުމަކީ އެ ޕާޓީއަކާ ގުޅުން ނޫން ކަމަށް ވެސް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އެ ދެ ބޭފުޅުން ވިދާޅުވީ އެމްއެންޕީ އާ އެކު ކުރަމުން ދިޔަ މަސައްކަތް މިހާ ހިސާބުން ހުއްޓާލާފައިވާ ކަމަށެވެ.

އެ ޕާޓީ އުފައްދަން މަސައްކަތްކުރި މީހުންގެ ތެރެއިން ފެނިފައިވާނީ އެންމެފުރަތަމަ ޕާޓީގައި ކަމަށާއި އެއަށް ފަހު ނުފެންނާނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް