ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ޒިޔާރަތް ކުރައްވަނީ

ޔުނައިޓްޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ހާމަކުރަށްވައިފި އެވެ. އެމަނިކުފާނ...

14 Sep 2021 | 15:40

ޔުނައިޓްޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ހާމަކުރަށްވައިފި އެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ވަރޗުއަލްކޮށް މިއަދު ބޭއްވި ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ 33 ވަނަ ޖޮއިންޓް ކޮމިޝަން ފޮރ އޭޝިއާ ޕެސިފިކް އަދި ކޮމިޝަން ފޮރ ސައުތު އޭޝިއާގެ މީޓިންގ ގައި ވާހަކަ ދައްކަވަމުންނެވެ.

ސައުތު އޭޝިއާ އަދި އޭޝިއާ ޕެސިފިކްގެ 29 ޤައުމަކުން ބައިވެރިވި މިބައްދަލުވުމުގައި އެޤައުމުތަކުގެ

ފަތުރުވެރިކަމުގެ ސިޔާސަތުތަކާއި އެޤައުމުތަކުން ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ވަނީ ޙިއްސާ ކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފިލިއޭޓް މެންބަރުންނާއި ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ޖަޕާން އެސޯސިއޭޝަން

އޮފް ޓްރެވަލް އެޖެންޓްސް (ޖާ.ޓާ) އަދި ޖަޕާން ޓޫރިސްޓް ބިއުރޯ (ޖޭ.ޓީ.ބީ) އިން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ޕްރައިވެޓް- ޕަބްލިކް ޕާޓްނަރޝިޕްގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.

މިބައްދަލުވުން ޗެއަރ ކުރައްވާފައިވަނީ މެލޭޝިއާގެ މިނިސްޓްރީ އޮފް ޓޫރިޒަމް، އާރްޓްސް އެންޑް ކަލްޗަރގެ ޑެޕިއުޓީ

ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޒަމްރީ މަތު ޒައިން އެވެ. އަދި ކޯ-ޗެއަރ ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުالله މަޢުޞޫމް އެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯ ގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖެއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ

އޮކްޓޯބަރ މަހު 5 އިން 8 އަށެވެ. އަދި މި ދަތުރުފުޅުގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ 15 ވަނަ އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް