ރޭ ހުޅުމާލޭ ޖަލުގައި ގައިދީ އަކު މަރުވި މައްސަލައިގަ ކުރަމުންދަނީ ދޮގު ތުހުމަތުތަކެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަށް ސާވިސްއިން ބުނެފި އެވެ.
ރޭ މަރުވީ ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ އުމުރުން 40 އަހަރުގެ މުހައްމަދު އަސްލަމެވެ. އޭނާ މަރުވީ ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
ކަރެކްޝަންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގަ ހަބަރު ފަތުރަމުންދަނީ އެ ސާވިސަސް ބަދުނާމުވާގޮތަށް ހަގީގަތާއި ހިލާފަށް ކަމަށެވެ. އެ އިދާރާއިން ބުނީ ހަވީރު 6:00 ހާއިރު ހާދިސާ ހިނގިތާ އަށް މިނެޓު ތެރޭގައި އަސްލަމް ހޮސްޕިޓަލަށް ގެންގޮސްފައިވާނެ ކަމަށެވެ.
އަދި އާއިލާއަށް ގުޅަން6:30 ގައި އާއިލާއަށް ގުޅަން މަސައްކަތް ފެށި ކަމަށާއި އާއިލާއަށް ގުޅުނީ6:40 ހާއިރު ކަމަށް ބުންޏެވެ،
އޭނާ މަރުވަފައިވަނީ6:55 ގައި އެވެ. އެކަން ކަރެކްޝަންސްއަށް އެންގީރޭ8:20 ގާއި ކަމަށާއި މަރުވި ސަބަބު ދެނެގަނެވިފައި ނުވާކަމަށް ސެޓްފިކެޓްގައި ލިޔެފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އެ އިދާރާއިން ބުނީ އަސްލަމަށް ލިބިފައިވާ ހަމައެކަނި އަނިޔާއަކީ ވެއްޓުނު ގަޑީގައި ލިބިފައިވާ އަނިޔާ ކަމަށެވެ. ކަރެކްޝަންސް އިން ބުނީ އެހުރިހާ ކަމެއް ހިނގާދިޔަ ގޮތް އެަނުގެ ސީސީޓީވީ ފުޓޭޖުން ފެންނަން އެބަހުރި ކަމަށެވެ.
ކަރެކްޝަންސްއިން އެހެން ބުނެފައި ވާއިރު، އެ ހާދިސާ ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއްވެސް ހޯމް މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފައެވެ. އެ ޓައިމްލައިނުގައި ވާގޮތުން، އޭނާ އަސްލަމް މޭޒެއްގެ މަތީގައި އިށީނގެ އިންދާ، 17:59 ގައި އަބުރައިގަނެގެން ވެއްޓޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް