އެޗްއާރުސީއެމަށް ސަމާއު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް  ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. އެ ކޮމީޝަނުގެ މެމްބަރު ކަމުގެ މަގާމަށް ބޭފުޅަކު އަ...

14 Sep 2021 | 12:16

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް  ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެ ކޮމީޝަނުގެ މެމްބަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ ކޮމީޝަނުގެ މެމްބަރު ނައިވީން އަބްދުﷲ ގެ ދައުރު ހަމަވުމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މަގާމަށް ކުރިމަތިލި 14 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ.

އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސާތަކާއި ބެހޭ ކޮމިޓީން ނިންމީ ސަމާއު އަށް ރުހުންދޭށެވެ. މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން އޭނާގެ ނަން ފާސްވީ42 މެމްބަރުންގެ ވޯޓުންނެވެ.

ސަމާއު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިފަ އެވެ. އަދި މެލްބަން ލޯ ސުކޫލުން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ކިޔަވައި ވިދާޅުވި އެވެ.

ސަމާއު، އެޓާނީ ޖެނެރަލް އޮފީހާ ގުޅިވަޑައިގެންނެވީ މެއި 6، 2015 ގަ އެވެ.

ސަމާއު، މިހާރު މަސައްކަތް ކުރައްވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް