ޓޮރެޓް ސިންޑްރޮމް ހުންނަ ކުދިން ބާކީކޮށް ނުވަތަ އެ ކުދިންނާއި މާ ގާތްކޮށް އުޅުމަކީ އާންމުކޮށް އެއް ފުރާވަރުގެ ކުދިން އަދި އާއިލާގެ އެހެން މީހުން ނުކުރާ ކަމަށެވެ.
އެއީ އެފަދަ ކުއްޖެއްގެ ނުވަތަ މީހެއްގެ އިހުސާސްތައް ހަމަ އެއްގޮތަކަށްވެސް ނޭނގޭތީ އެވެ.
ޓޮރެޓް ސިންޑްރޮމް ހުންނަ ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޭކާރު އަޑުއަޑު ލައްވާ، ހަރަކާތްތެރިކަން އިތުރުވެ، މާގިނައިން ހުސް އަނގަތެޅުމާއި ހުއްޓުމެއް ނެތި އަބަދު ބާރަށް އަޑު ގަދަ ކުރެ އެވެ. ބައެއް ކުދިން ލޯ މަރާލަ މަރާލަވެސް އެތައް އިރަކު ހުރެދާނެ އެވެ.
އެއީ އުފަންވާއިރުވެސް އެ ކުދިންގެ ގައިގަ ހުންނަ ސިފަ އެކެވެ.
އެއީ މާބޮޑު ބައްޔެއް ނޫންނެވެ.
ސިއްހަތު ރަނގަޅު ނުވަތަ ނުކުޅެދުންތެރިކަމެއް ނުހުންނަ ކުއްޖެއްގެ ގައިގަވެސް ޓޮރެޓް ސިންޑްރޮމް ހުރެދާނެ އެވެ.
އިނގިރޭސިވިލާތުގެ ބާރު ހިނގާ ގައުމެއް ކަމަށްވާ އިރަލޭންޑްގެ އުމުރުން 10 އަހަރުގެ ޑީގްލަން އެމްސީ އަކީ ޓޮރެޓް ސިންޑްރޮމް ހުންނަ ކުއްޖެ ކެވެ. ޑީގްލަން ބުނީ ބޮޑުވަމުން އައި އިރު ބޭކާރު އަޑުލެއްވުމާއި ހުސް އަނގަ ތެޅުމާއި އަޑު ގަދަ ކުރުން ފަދަ ކަންކަން ކުރެވޭކަން އަމިއްލައަށް އިހުސާސް ކުރެވި އެނގޭ ކަމަށެވެ.
އެ ކުއްޖާ ބުނީ އޭނާ ދެކެ ރުޅި އަންނަ އެންމެން ކައިރީ ބުނެލަން ބޭނުންވަނީ އެއީ ގޯސްކުއްޖެއް ނޫން ކަމަށެވެ. އަދި އޭނާ ބާކީ ނުކުރުމަށް އެދިފައިވެ އެވެ.
ދިރާސާތަކުން ދައްކާގޮތުގައި އިރަލޭންޑުގައި ޓޮރެޓް ސިންޑްރޮމް ހުންނަ ތިން ލައްކައަށްވުރެ ގިނަ ކުދިންނާއި މީހުން އުޅެ އެވެ.
ޓޮރެޓް ސިންޑްރޮމް އަކީ ސިކުނޑީއާއި ގުޅިފައިވާ ނާރުތަކަށް ދިމާވާ މައްސަލައަކުން ވާހަކަދެއްކުމާއި ހަރަކާތްތެރިވުމަށް އަންނަ ބަދަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް