ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރު ވެއްޖެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މަސައްކަތުގެ އަމަލީ މަސައްކަތް ސައިޓު މިއަދު މޮބިލައިޒް ކޮށްފައިވާ ކަމަށެވެ. އަދި ފައިނަށް އެ މަޝްރޫއުއަށް ބޭނުންވާ ސާމާނު ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލްކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި250 މީޓަރުގެ ސަރަހައްދެއްގައި ޖީއޯބޭގް ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އެމްޓީސީސީންނެވެ. މަޝްރޫއު ނިންމަން ޖެހެނީ180 ދުވަސް ތެރޭގައި އެވެ.
މިއީ8.96 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް