ތ.ވޭމަންޑޫގައި ދައުލަތުން ބަލަހައްޓާ ކުއްޖަކަށް އެ ރަށުގައި މަސައްކަތް ކުރާ ފުލުހަކު އަނިޔާ ކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ފުލުހުންގެ އިދާރާއިން ދޮގުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމަހުގެ12 ވަނަ ދުވަހުގެ ރޭ ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓާ ކުދިންގެ ތެރެއިން ބައެއް ކުދިން މަނާ ގަޑީގައި ބޭރު އުޅޭތީ އެ ކުދިން ހިޔާއަށް ގެންގޮސް ދިނުމަށް އެތަނުން ފުލުހުންގެ ކިބައިން އެދުނު ކަމަށެވެ. ފުލުހުން އެރޭ ކުދިން އެތަނަށް ގެންގޮސް ދިން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ޝަކުވާއެއްވެސް ފުލުހުންގެ އިދާރާއަށް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ކުޑަކުއްޖާއަށް އަނިޔާ ކުރި ކަމަށް ބުނާ ފުލުސް މީހާގެ ފޮޓޯ އާއި ނަމާއެކު ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ.
ދައުލަުގެ ބެލުމުގެ ދަށުން ކުރިން މާލޭގައި ބަލަހައްޓަމުން ދިޔަ 13-18 އަހަރާއި ދެމެދުގެ ކުދިން އަތޮޅު ތެރޭގައި އެފަދަ ހިޔާތައް ގާއިމް ކުރުމަށް ފަހު ބަދަލުކޮށްފައިވާއިރު އެ ކުދިންގެ ފަރާތުން ހިޔާގެ މުވައްޒަފުންގެ އަމުރަށް ނުކިޔަމަންތެރިވުން ފަދަ ކަންކަން ދިމާވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް