ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީ 24 ބިލިއަނަށް

ދިވެހި ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީގެ ޖުމުލަ އަދަދު 24.1 ބިލިއަން ދިވެހި ރުފިޔާ އަށް އަރައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި އޯގަސްޓު މަހުގެ ސްޓޭޓްމެންޓް އޮފް ފައިނ...

14 Sep 2021 | 09:12

ދިވެހި ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީގެ ޖުމުލަ އަދަދު 24.1 ބިލިއަން ދިވެހި ރުފިޔާ އަށް އަރައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި އޯގަސްޓު މަހުގެ ސްޓޭޓްމެންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން ދައްކާ ގޮތުން އޯގަސްޓް 31ގެ ނިޔަލަށް ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީެ ގޮތުގައި، ފޮރިން ކަރަންސީ ފައިނޭންޝަލް ލަޔަބިލިޓީގެ 11.2 ބިލިއަން ރުފިޔާ އަދި ލޯކަލް ކަރަންސީ ފައިނޭންޝަލް ލަޔަބިލިޓީގެ ގޮތުގައި 12.9 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ.

މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި ގޮތުގައި ޕެންޝަނާއި އެހެނިހެން ޕޭޔަބަލްސް އަދި ޑިފާޑް ގްރާންޓްްސްގެ ލަޔަބިލިޓީގެ ގޮތުގައި ވެސް 31.5 މިލިއަން ރުފިޔާ އެބަ ހުއްޓެވެ.

ދައުލަތުގެ އެސެޓްސް 24.9 ބިލިއަން ރުފިޔާގައި ހުރިއިރު އޭގެ ތެރެއިން ފައިނޭންޝަލް އެސެޓްސްގެ ޖުމުލަ އަކީ 24.6 ބިލިއަން ރުފިޔާ އެވެ. އެއީ ފޮރިން ކަރަންސީ ފައިނޭންޝަލް އެސެޓްސްގެ ގޮތުގައި ހުރި 14.5 ބިލިއަން ރުފިޔާ އާއި ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓްސްގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް