ދެކުނުގެ ރަށެއްގައި 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނީ ކުރި މައްސަލައެއް

ކުޑަކުއްޖަކަށް ޖިންސި ގޯނާ ކުރި މައްސަލައެއް އަނެއްކާވެސް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސީޓީ ހި...

14 Sep 2021 | 06:13

ކުޑަކުއްޖަކަށް ޖިންސި ގޯނާ ކުރި މައްސަލައެއް އަނެއްކާވެސް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސީޓީ ހިމެނޭ ސައުތް ޕޮލިސް ޑިވިޝަނަށް ކަަމަށެވެ. މައްސަލަ ހުށަހެޅީ އިއްޔެ އެވެ.

މި މައްސަލައިގަ ފުލުހުން އިތުރު އެއްވެސް މާއުލޫމާތެއް ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ފުލުހެކެވެ. އެ ފުލުސް މީހާ އަކީ އެ ގޭގައި ދިރިއުޅޭ އެ ކުއްޖާގެ މަންމަ އާއި އެއްބަނޑު އެއްބަފާ މީހެއްގެ ފިރިމީހާ އެވެ.

އެކަންތައް ފަޅާ އެރުމުން އެ ފިރިހެން މީހާ ރަށުން ފުރައިގެން ގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް