އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ، ފޮރިން މިނިސްޓަރ ޝާހިދު މިރޭ ޙަވާލުވެވަޑައިގަންނަވާނެ އެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު، ކުރިއަށްދާނެ ކަމަށެވެ. އަދި ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށައި، ރިޔާސަތާ މިނިސްޓަރ ޝާހިދު ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ތަޤްރީރު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް