ކެރަމް އަންހެން ސިންގަލްސް ޗެމްޕިއަންކަން ވިދިވިދިގެން 4 ވަނަ ފަހަރަށް ވިދާދު ހޯދައިފި

30 ވަނަ ގައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދު ހޯދައިފި އެވެ. އެންމެ ފަހުން ރާއްޖޭގެ ގައުމީ ކެރަމް ޓީމް ވާދަކުރި އިންޓަރނޭޝަނަލް މުބާރާތްތަކުގައި ވެސް މޮޅު ކުޅުމ...

14 Sep 2021 | 05:10

30 ވަނަ ގައުމީ ކެރަމް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދު ހޯދައިފި އެވެ.

އެންމެ ފަހުން ރާއްޖޭގެ ގައުމީ ކެރަމް ޓީމް ވާދަކުރި އިންޓަރނޭޝަނަލް މުބާރާތްތަކުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ވިދާދު މިއަހަރުގެ މުބާރާތް ކާމިޔާބުކުރުމުން އޭނާ ވަނީ ވިދިވިދިގެން 4 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފް ހޯދާފަ އެވެ.

ވިދާދު ޗެމްޕިއަންކަން ހޯދީ ކުރީގެ ގައުމީ ޗެމްޕިއަން އައިޝަތު ފައިނާޒާ ވާދަކޮށް، ސީދާ 2 ސެޓުން ކާމިޔާބުކޮށްގެން ނެވެ. މި އިވެންޓުގެ 3 ވަނަ އަދި 4 ވަނަ ހޯދާފައިވަނީ އައިމިނަތު ވިޝާމާ އާއި އައިޝަތު ޒުލްފިޝާން އެވެ.

މި މުބާރަތުގެ ސިލްގަލްސް ފިރިހެން ޗެމްޕިއަންކަން ހޯމުޙައްމަދު މުންތަސިރު ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަލީ ޙަސަން އާއި ވާދަކޮށް ސީދާ 2 ސެޓުން ނެވެ. މި އިވެންޓުގެ 3 ވަނަ އިސްމާއިލް އަޒްމީނު ހޯދި އިރު، 4 ވަނަ އަށް ގޮސްފައިވަނީ އަލީ އާޒިމް އެވެ.

މި މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައިވަނީ މުންތަސިރު އާއި ވިދާދުގެ ޕެއަރ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން އަފީފުއްނިސާ އަދި އައިޝަތު ފައިނާޒް ނެގި އިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އަދި ޔަމާން އަބްދުލް ޖަލީލް އެވެ.

30 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޓީމް އިވެންޓުގެ ފިރިހެން ޗެމްޕިއަނުންނަކީ ކަސްޓަމްސް ރިކްރިއޭޝަން ކުލަބެވެ. އަންހެން ޗެމްޕިއަނުންނަކީ އެމް.ޕީ.އެލް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް