ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓުތަކެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ކުރަމުން ދިޔަ ބޭރުގެ 2 މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ ތެރެއިން އެއް ބޯޓު އަތުލައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށާއި ދެވަނަ ބޯޓު އަތުލައިގެންފައިވަނީ 13 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މި ދެ ބޯޓު އަތުލައިގަތުމަށް ހިންގ ިއޮޕަރޭޝަންގައި "އަސުރުމާ 3" ކިޔާ ދޯނީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވެސް އެމްއެންޑިއެފް އިން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަވަށްޓެރި ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް