ބްރިޓްނީ އާއި ދުވަސްވީ ލޯބިވެރިޔާ ސޭމް އެންގޭޖްވެއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ސޭމް އަސްގަރީ އެންގޭޖް ވެއްޖެ އެވެ. ދެމީހުން އެންގޭޖްވިކަން ހާމަ ކުރީ ބްރިޓްނީގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވ...

14 Sep 2021 | 04:10

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ސޭމް އަސްގަރީ އެންގޭޖް ވެއްޖެ އެވެ.

ދެމީހުން އެންގޭޖްވިކަން ހާމަ ކުރީ ބްރިޓްނީގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވެ. ޕޭޖުގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ސޭމް އާއި އެކު ފެންނަ އިރު ބްރިޓްނީ ދަނީ އެންގޭޖްމެންޓު އަނގޮޓި ދައްކަމުންނެވެ.

ޕޯސްޓުގެ ކެޕްޝަންގައި ބުނެފައިވަނީ ދެމީހުން އެންގޭޖްވިކަން ގަބޫލު ކުރަން އޭނާއަށް ދަތިވެފައި ހުރި ކަމަށެވެ. ސޭމްވެސް ވަނީ ރަސްމީ އިންސްޓަގްރާމްގައި ބްރިޓްނީ އާއި އެންގޭޖްވިކަން ހާމަކޮށްފަ އެވެ.

އުމުރުން 39 އަހަރުގެ ބްރިޓްނީ 27 އަހަރުގެ ސޭމް އާއި ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. ސޭމް އަކީ އެކްޓަރެއްގެ އިތުރުން ޕާސަނަލް ޓްރެއިނަރެކެވެ.

https://www.instagram.com/p/CTvOjVsMPJe/

ބްރިޓްނީގެ މެންޓަލް ހެލްތުގެ މައްސަލައިގަ އޭނާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭ މީހާގެ ގޮތުގައި ކައިވެންޏަށް ފަހު ސޭމް ހަމަޖެއްސުން ވާނީ ބޮޑު މައްސަލަ އަކަށެވެ. އެއީ ސޭމް އަކީ އޭނާއަށް ވުރެ 13 އަހަރު ހަގު މީހަކަށް ވާތީ އެވެ.

އެހެންވެ އެ ކައިވެނި ކުރުމާއި އިތުރު ދަރިން ހޯދުމުގެ މައްސަލައިގަ ކޯޓު މެދުވެރިކޮށް ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބްރިޓްނީ ބުނެފައިވެ އެވެ.

މިހާޜު އޭނާގެ ޒިންމާ ނަގާގޮތަށް ހަމަޖައްސާފައިވަނީ ބައްޕް ޖެމީ ސްޕެއާ އެވެ. 2008 ވަނަ އަހަރުން ފެށިގެން ކޯޓު މެދުވެރިކޮށް އޭނާ އާއި ހަވާލުކޮށްފައިވާ އެ ޒިންމާއިން އެކަހެރިވުމަށް ބްރިޓްނީގެ ބައްޕަ ވަނީ މިހާރު ކޯޓަށް މައްސަލަވެސް ހުށަހަޅާފަ އެވެ.

ބްރިޓްނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާއިރު ދެ ވަނަ ކައިވެންޏަށް ދެ ކުދިން ލިބިފަ އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް