ޔޫއެފާ ޗެމްޕިއަންސް ލީގު އައު ސީޒަނުގެ ގްރޫޕް ސްޓޭޖު މެޗުތައް ރޭ ފަށާނެއެވެ. ގުރޫޕު ސްޓޭޖުގެ މެޗުތައް މިރޭ ފެށޭއިރު، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ވަރުގަދަ މެޗުތަކެއް ވެސް މިރޭ ކުޅެވޭނެއެވެ.
އެގޮތުން މިރޭ ކުޅެވޭ ފޯރިގަދަ މެޗުތަކުގެ ތެރޭގައި ޖަރުމަންގެ ބަޔާން މިޔުނިކް އާއި ސްޕެއިންގެ ބާސެލޯނާ ބައްދަލުކުރާ މެޗުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ސްވިޒަލެންޑުގެ ޔަންގް ބޯއީސް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.
ޗެމްޕިއަންސް ލީގުގެ އައު ސީޒަނުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މިރޭ ފެށޭއިރު، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އަށް މެޗެއް މިރޭ ކުޅެވޭނެއެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން 9:45 ގައި ދެމެޗެއް ކުޅޭ އިރު، މިރޭ ދަންވަރު 12:00 ގައި ހަ މެޗެއް ކުޅެވޭނެއެވެ.
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި މިރޭ 9:45 ގައި ކުޅޭ މެޗުތައް:
ޔަންގް ބޯއީޒް – މެންޗެސްޓާ ޔުނައިޓެޑް ( ގުރޫޕް އެފް )
ސެވިއްޔާ – ސާލްސްބާގް ( ގުރޫޕް ޖީ )
ޗެމްޕިއަންސް ލީގު ގުރޫޕު ސްޓޭޖުގައި މިރޭ 12:00 ގައި ކުޅޭ މެޗުތައް:
ބާސެލޯނާ – ބަޔާން މިޔުނިކް ( ގުރޫޕް އީ )
ޑިނަމޯ ކިއޭވް – ބެންފީކާ ( ގުރޫޕް އީ )
ވިއަރެއާލް – އެޓަލާންޓާ ( ގުރޫޕް އެފް )
ލިލް – ވުލްފްބާގް ( ގުރޫޕް ޖީ )
ޗެލްސީ – ޒެނިތް ( ގުރޫޕް އެޗް )
މަލްމޯ – ޔުވެންޓަސް ( ގުރޫޕް އެޗް )
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް