މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ޔޫއޭއީގައި ބާއްވަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންވެސްޓްމެންޓު ފޯރަމް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ބާއްވަން ނިންމައިފި އެވެ. ކުރިން މިއަހަރު ފޯރަމް ބާއްވަން ހަމަޖެ...

14 Sep 2017 | 11:19

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންވެސްޓްމެންޓު ފޯރަމް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ބާއްވަން ނިންމައިފި އެވެ.

ކުރިން މިއަހަރު ފޯރަމް ބާއްވަން ހަމަޖެހިފައި އޮތީ ގަތަރުގައި އެވެ. ގަތަރާއި ރާއްޖެއިން ބާއްވަމުން އައި ސިޔާސީ ގުޅުން ކަނޑާލުމުން އެ ގައުމުގައި އިންވެސްޓްމެންޓް ފޯރަމް ނުބާއްވަން ނިންމީ މިދިޔަ ޖުލައި މަހު އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ޔޫއޭއީގައި ބާއްވާ ހަތަރު ވަނަ އިންވެސްޓްމެންޓް ފޯރަމާ ގުޅޭ މައުލޫމާތު އަންނަ ހަފްތާގައި ހާމަކުރާނެ ކަމަށެވެ. އަދި ބާއްވާނެ ތާރީހުވެސް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އިންވެސްޓްމެންޓް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނިޓީއާ ހިއްސާކުރުމަށާއި ބޭރުގެ ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ.

އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް ބޭއްވީ 2014 ވަނަ އަހަރު ސިންގަޕޫރުގައި އެވެ. 2015 ވަނަ އަހަރު ޗައިނާގައި ބޭއްވި އިރު މިދިޔަ އަހަރު ބޭއްވީ އިންޑިއާގައި އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް