ދިރާގު ޓީވީ މެދުވެރިކޮށް ޗެމްޕިއަންސް ލީގު މެޗުތައް ބެލޭނެ

މިހާރު ކުރިޔަށްދާ ޗެމްޕިއަންސް ލީގުގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ދިރާގު ޓީވީން ކުޅިވަރަށް ހާއްސަ ފަސް ޗެނަލެއް ލިބޭނެ ކަމަށް ބުނެ އެވެ. އްދ...

14 Sep 2017 | 10:54

މިހާރު ކުރިޔަށްދާ ޗެމްޕިއަންސް ލީގުގެ މެޗުތައް ދިރާގު ޓީވީ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގު ޓީވީން ކުޅިވަރަށް ހާއްސަ ފަސް ޗެނަލެއް ލިބޭނެ ކަމަށް ބުނެ އެވެ. އްދި އެ ޗެނަލުތައް ކަސްޓަމަރުންނަށް ލިބޭނީ އެޗްޑީ ކޮލިޓީގައި ކަމަށް ބުނެ އެވެ.

އޭގެ ތެރެއިން މިރޭ 11:45ގައި ދިރާގު ޓީވީ މެދުވެރިކޮށް ސޮނީ ސްޕޯޓްސް އިން ޗެންޕިއަންސް ލީގުގެ މެޗު ވަގުތުން ގެނެސްދޭނެ ކަމަށެވެ.

ދިރާގުން ބުނީ އެ ޓީވީ މެދުވެރިކޮށް ބެލުންތެރިންނަށް ކަމުދާ އިތުރު ޗެނަލްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރުވެސް 80 އަށް ވުރެ ގިނަ ޗެނަލް އެ ޓީވީ މެދުވެރިކޮށް ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް