މަޖީދީ މަގާއި ފަނޑިޔާރު މަގު ގުޅޭ ގޮތަށް މަގެއް ހަދަނީ

ފްލެޓު އެޅުމަށް ހަމަޖެހިފައިވާ އޯޑިއޯން ބިމުގެ އެއް ފަޅީގައި މަގެއް ހެދުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަ...

14 Sep 2017 | 10:33

ފްލެޓު އެޅުމަށް ހަމަޖެހިފައިވާ އޯޑިއޯން ބިމުގެ އެއް ފަޅީގައި މަގެއް ހެދުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަގު އޮންނާނީ މަޖީދީ މަގާއި ފަނޑިޔާރު މަގު ގުޅޭ ގޮތަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި މަގު ހެދުމުގެ ބޭނުމަކީ ފަނޑިޔާރު މަގު ހިމެނޭ ސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުވުން ކުޑަ ކުރުން ކަމަށެވެ.

އެ މަގަކީ ދެކޮޅަށް ދުއްވޭ ގޮތަށް ހަދާ މަގެކެވެ. އަދި ޕާކިން ޒޯނެއްވެސް އެ މަގުގަ ހަދަން ނިންމާފަ ވެއެވެ.

ފްލެޓު އެޅުމަށް ހަމަޖެހިފައިވާ އެ ބިމުގައި މަގު ހެދުމަށް ހުސްކޮށްފައިވަނީ އިރުމަތީ ކޮޅުގެ އެއް ބައެވެ. އެކަމަކު މި މަގު ހަދާ ނިމޭނެ ތާރީހެއް އަދި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ހާމައެއް ނުކުރައްވަ އެވެ.

އޯޑިއޯން ބިމުގައި ފްލެޓު އެޅުމަށް ހަވާލުކޮށްފައި އޮތީ އިންޑިއާގެ ޓާޓާ ކުންފުންޏާއި އެވެ. އެކަމަކު އެ އެއްބަސްވުން ސަރުކާރުން ވަނީ ބާތިލްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް